
މާލޭގެ މަގެއްގައި ބުޅަލެއް :- ފޮޓޯ | ސަން
ގއ ވިލިނގިލީގައި ބުޅަލަކަށް އަނިޔާކުރި މައްސަލައެއް ބަލަން ފަށައިފި އެވެ.

ވިލިނގިލީގައި ބުޅަލަކަށް ބަޔަކު އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި އިއްޔެ ވަނީ ދައުރުވެފައި އެވެ. އެގޮތުން ވީޑިއޯއިން ފެންނަ ގޮތުގައި ފިރިހެނަކު ބުޅަލެއްގެ ދެ އަތުގައި ހިފުމަށްފަހު އުސްކޮށް ހުރި ގެއެއްގެ މައްޗަށް އެއްލާލައެވެ. މި ވީޑިއޯ އާންމުކޮށްފައިވަނީ މީސް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކްގައި އެވެ.
މިއާއި އެކު މި މައްސަލަ ފުލުހުން ބެލުމަށް ގޮވާލާ މީހަކު އެކްސްގައި ކޮށްފައިވާ ޕޯސްޓަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ މި މައްސަލަ މިހާރު ގއ ވިލިނގިލީ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ބުޅަލަށް އަނިޔާކުރުމަކީ މި މުޖުތަމައުގައި ބައެއް ފަރާތްތަކުން ކުރާ ކަމެކެވެ. މީގެ ކުރިންވެސް ބުޅަލަށް އަނިޔާކުރި އެތައް މައްސަލައެއް ދިވެހި ފުލުހުން ތަހުގީގު ކޮށްފައިވާއިރު އެމައްސަލަ ތަކާއި ގުޅިގެން ފިޔަވަޅުއެޅުނު ކަމެއް ސާފެއް ނުވެއެވެ. ޖަނަވާރުންނަށް އަނިޔާކުރުމަކީ ކުށް ސާބިތުވެއްޖެ ނަމަ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނަ ގާނޫނީ ކުށެކެވެ.
ގުޅުންހުރި

ތިނަދޫއާއި ވިލިނގިލީގައި ޓިވެޓް ސެންޓަރު ޤާއިމު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބީލަމަށް!

ވިލިނގިލި ބަނދަރު ހެދުމުގެ ފޭސް 3ގެ ބޮޑު އިންސައްތައެއްގެ މަސައްކަތް ނިމިފައި!

ދެމައިން ނިޔާވި މައްސަލާގައި އިންސާފު ހޯދުމަށް ގޮވާލައި ގއ. ވިލިނގިލީގައި މިއަދު އިހްތިޖާޖުކޮށްފި





