logoEN
cocacola
ކުޅިވަރުގައި ދިވެހި ރާއްޖެއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ!

ކުޅިވަރުގައި ދިވެހި ރާއްޖެއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ!

އަހުމަދު ޝުރާއު

logo

5/15/2024, 12:37:19 PM

# ދީމާ# އޮލިމްޕިކްސް# ޓީޓީ

ދީމާ

ދުނިޔޭގެ ކުޅިވަރުގެ އެންމެ ޝަރަފުވެރި އެއް މުބާރާތް, އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފު އުމުރުން 15 އަހަރުގެ ފާތިމަތު ދީމާ މިއަދު ހޯދައިފި އެވެ.

ގޮސިޔާ

މި އަހަރު ޖުލައި 26 އިން އޯގަސްޓް 11 އަށް ފްރާންސްގެ ވެރިރަށް ޕެރިހުގައި އޮންނަ އޮލިމްޕިކްސް ކުޅިވަރު މުބާރާތުން ދީމާ ފުރުސަތު ހޯދީ، ނޭޕާލުގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއާ ރީޖަންގެ ކޮލިފިކޭޝަން ޓޯނަމެންޓްގެ ސިންގަލްސްގެ ޗެމްޕިއަންކަން ހޯދައިގެންނެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ދީމާ ހޯދާފައި ވަނީ މިއަދު މެންދުރު ފަހު، ކޮލިފިކޭޝަނުގެ ފައިނަލުގައި ސްރީ ލަންކާގެ ބަންޑާރާ ބިމަންދީ އާ ވާދަކޮށް ހަތަރު ސެޓް އެއް ސެޓުން މެޗު ކާމިޔަބުކޮށްގެންނެވެ.

View post on Twitter

ފައިނަލް މެޗުގެ ފުރަތަމަ ސެޓު ދީމާ ކާމިޔާބުކުރީ 11-8 ގެ ނަތީޖައަކުންނެވެ. ނަމަވެސް ދެ ވަނަ ސެޓުގައި ދީމާގެ ފަރާތުން އާދައިގެ ކުޅުމެއް ފެނުނުއިރު މި ސެޓު ލަންކާގެ ބަންދަރާ ކަމިޔާބުކުރީ 11-7 ނަތީޖާއަކުންނެވެ.

މެޗުގެ ތިންވަނަ ސެޓުގައި ދެކުޅުންތެރިންގެ ފަރާތުން ވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިސެޓު ދީމާ 11-13 އިން ކާމިޔާބުކުރިއިރު، މެޗުގެ ހަތަރުވަނަ ސެޓާއި ފަސްވަނަ ސެޓުގައި ދީމާގެ ފަރާތުން ވަނީ ތަފާތު މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ. އެގޮތުން ހަތަރުވަނަ ސެޓު 7-11 އިން ކާމިޔާބުކުރިއިރު، ފަސްވަނަ ސެޓު ދީމާ ހޯދީ ފަސޭހަކަމާއެކު 5-11 އިންނެވެ.

ދީމާ މިއަދު ހޯދި ކާމިޔާބީ އަކީ ކުޅިވަރުގައި މިހާތަނަށް ރާއްޖެއަށް ލިބުނި އެންމެ ބޮޑު ކާމިޔާބީ އެވެ. މީގެ ކުރިންވެސް ދިވެހިން އޮލިމްޕިކްސްގައި ބައިވެރިވި ނަމަވެސް މިއަދު ދީމާ ހޯދި ކާމިޔާބީ އާއި އެކު ދީމާ ވެގެން ގޮސްފައިވަނީ ކޮލިފައިންގ އެއް ކާމިޔާބުކޮށް އޮލިމްޕިކްސްއިން ފުރުސަތު ހޯދީ ހަމައެކަނި ދިވެހި އެތުލީޓަށެވެ. އޮލިމްޕިކްސްގައި މީގެ ކުރިން ދިވެހި އެތުލީޓުން ވާދަކޮށްފައި ވަނީ މެންބަރު ގައުމުތަކުގެ ތެރެއިން އޮލިމްޕިކްސް މުބަރާތަށް ކޮލިފައިނުވާ ގައުމުތަކަށް ދޭ ހާއްސަ ފުރުސަތުތަކުގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ