އައިވީއެފް ހަދަން އެހީ ހޯދުމަށް ފޯމު ހުށަހެޅުމުގެ ވަގުތު އިތުރުކޮށްފި
އަހުމަދު ޝުރާއު
5/15/2024, 6:15:42 AM
އާސަންދަ
އައިވީއެފް ފަރުވާއަށް އެހީއަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ, އެންސްޕާއިން އިތުރުކޮށްފިއެވެ.
އެންސްޕާއިން ކުރި އިއުލާނެއްގައި ބުނީ"އައިވީއެފް" ފަރުވާގެ ހަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ފޯމާއި ލިޔެކިޔުންތައް ހުށަހެޅުމުގެ ސުންގަޑި 31 ޖުލައިގެ 14:00 ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
އައިވީއެފް ފަރުވާއަށް އެހި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެނީ އާސަންދައިން އެކުލަވާލާފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށް އެންސްޕާއިން ބުނެއެވެ. އާސަންދަ މެދުވެރިކޮށް އައިވީއެފް ފަރުވާއަށް އެހީ ދޫކުރާ އުސޫލު އެންސްޕާގެ ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފަ އެވެ.
އައިވީއެފް އަދި އައިޔޫއައި ފަރުވާއަށް އެހީއަށް އެދި ފޯމު ލިބެން ހުންނާނީ އެންސްޕާ އަދި އާސަންދަ ކުންފުނީގެ ކައުންޓަރުތަކާއި، ވެބްސައިޓް nspa.gov.mv ،aasandha.mv އިންނެވެ ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހެނީ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާގައި ގާއިމްކުރެވިފައިވާ އެއެޖެންސީގެ ކައުންޓަރުތަކަށެވެ. އަދި އީމެއިލް މެދުވެރިކޮށްނަމަ، އަށް، ނުވަތަ ވައިބަރ މެދުވެރިކޮށްނަމަ 7291402 ނަންބަރަށެވެ.
މީގެ އިތުރުން އާސަންދަ ޑިޖިޓަލް ޕޯޓަލް my.aasandha.mv މެދުވެރިކޮށްވެސް ފޯމު ހުށަހެޅޭނެ ކަމަށް އެންސްޕާއިން ބުނެއެވެ.
އާސަންދަ މެދުވެރިކޮށް އައިވީއެފްގެ ހިދުމަތް ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.