logoEN
PNC TOP 3
ދިއްދޫއަށް ނަގޫރޯޅިއެއް އަރައި، ހަ ގެއެއްގެ ފުރާޅު އެއްލައިލައިފި

ދިއްދޫއަށް ނަގޫރޯޅިއެއް އަރައި، ހަ ގެއެއްގެ ފުރާޅު އެއްލައިލައިފި

# ހއ. ދިއްދޫ

ދިއްދޫ ގޭގެ ފުރާޅު އެއްލާއިލައިފައި

ހއ. ދިއްދޫއަށް ނަގޫރޯޅިއެއް އަރައި، ހަ ގެއެއްގެ ފުރާޅު އެއްލައިލައިފިއެވެ.

PNC MID 2

ދިއްދޫއަށް ނަގޫރޯޅިއެއް އަރައި ގެތަކަށް ގެއްލުންދީފައިވަނީ ރޭ ފަތިހު ހަތަރެއްޖެހިކަށްހާއިރުއެވެ. ނަގޫރޯޅި އަރައިފައިވަނީ އެ ރަށުގެ ފްލެޓް ސަރަޙައްދަށެވެ.

އެރަށުން "ގާފު"އާ ވާހަކަދެއްކި މީހަކު ބުނި ގޮތުގައި، މިހާރު އެ ގެތަކުގެ ޓިނު ހަރުކުރުމުގެ މަސައްކަތް ކައުންސިލާއި ކަމާ ބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ. އޭނާ ބުނި ގޮތުގައި ނަގޫރޯޅީގެ ސަބަބުން އެ ގެތަކަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ.

އެނާ އިތުރަށް ބުނި ގޮތުގައި، ނަގޫރޯޅީގެ ސަބަބުން ރަށުގެ ބައެއް ސަރަޙައްދުތަކަށް ވެސް ވަނީ ގެއްލުން ލިބިފައެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC