އިތުރު ކެނޑިޑޭޓަކު ކުރިމަތިނުލުމުން ފުނަދޫ ކައުންސިލްގެ އަންހެން މެންބަރުކަން ޕީއެންސީގެ ޔުމްނާއަށް
އަހުމަދު ޝުރާއު
5/12/2024, 2:02:20 PM
އިންތިހާބުވި ޔުމްނާ
ށ. ފުނަދޫ ކައުންސިލްގެ އަންހެން މެމްބަރަކު ހޮވުމަށް ބޭއްވަން ނިންމި ބައި އިލެކްޝަންއަށް ކުރިމަތި ލުމުގެ ސުންގަޑި ހަމަވި އިރު އެންމެ ކެންޑިޑޭޓަކު ކުރިމަތިލުމުން ވޯޓުލުމަކާއި ނުލައި ކުރިމަތިލި ކެންޑިޑޭޓު އިންތިހާބު ވެއްޖެ އެވެ.
އީސީއިން މިއަދު ބުނީ 2024 ޖޫން 08 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ށ. ފުނަދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވިއިރު، ށ. ފުނަދޫ ކައުންސިލްގެ އަންހެން މެންބަރުކަމަށް ކުރިމަތިލާފައިވަނީ އިންތިޚާބު ކުރަންޖެހޭ އަދަދަށަށް ކަމަށެވެ.
އެގޮތުން މި އިންތިހާބަށް ކުރިމަތި ލެއްވީ ވެރިކަން ކުރާ ކޮންގްރެސް ޕާޓީގެ ޓިކެޓުގައި އާމިނަތު ޔުމްނާ އެވެ.
މިއާއި އެކު ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 24 ވަނަ މާއްދާގައިވާ ގޮތުގެމަތިން، އާމިނަތު ޔުމްނާ ށ. ފުނަދޫ ކައުންސިލްގެ އަންހެން މެމްބަރަކަމަށް އިންތިޚާބުވެއްޖެކަން ރަސްމީކޮށް އިއުލާނުކޮށް އީސީއިން ވަނީ މިއަދު ގެޒެޓުކޮށްފައި އެވެ.