logoEN
cocacola
ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒައިން ޝަހީދުވި މީހުންގެ އަދަދު 35,000 އަށްވުރެ މައްޗަށް!

ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒައިން ޝަހީދުވި މީހުންގެ އަދަދު 35,000 އަށްވުރެ މައްޗަށް!

އަހުމަދު ޝުރާއު

logo

5/12/2024, 1:19:49 PM

# ޣައްޒާ

ޣައްޒާގެ ހާލަތު

ޔަހޫދީން ހުއްޓުމެއްނެތި ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 35,000 އަށްވުރެ މައްޗަށް އަރައިފި އެވެ.

ގޮސިޔާ

ޣައްޒާގެ ސިއްހީ ވުޒާރާއާއި ހަވާލާދީ މިއަދު އަލްޖަޒީރާއިން ބުނީ ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 35,034 އަށް އަރާފައިވާ ކަމަށެވެ. އޭގެ ތެރޭގައި 15,000 ކުޑަކުދިންވެސް ހިމެނެއެވެ.

މީގެ އިތުރުން ހަމަލާތަކުގައި ޒަހަމްވި މީހުންގެ ޖުމުލަ އަދަދު ވަނީ މިހާރު 78,755 އަށް އަރާފައި އެވެ.

އަދަދުތައް މަތިވަމުން އަންނަ އިރު ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާގެ 40 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައި އެވެ.

ޔަހޫދީން ޣައްޒާއަށް ބޮޑެތި ހަމަލާތަކެއް ދޭން ފެށީ އޮކްޓޯބަރު 7 ގައި އެވެ. ހަމަލާތަކަށް މިހާރު 7 މަސްވެގެން ދިޔަ އިރު ޔަހޫދީން ދަނީ ހަމަލާތައް ދުވަހަކަށް ވުރެ ދުވަހެއް ވަރުގަދަ ކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ