
ކުށްކުރާ ކުޑަކުދިން ރިހިބިލިޓޭޓް ކުރުމަށް " ހޯޕް އައިލެންޑް" , 18 އަހަރު ވުމުން ސަލާމަތީ ބާރުތަކަށް ހިދުމަތް ކުރަން ޖެހޭނެ!
# ހޯމް މިނިސްޓްރީ# މިނިސްޓަރ އިހްސާންމިނިސްޓަރ އިހްސާން
ކުށްކުރާ ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ތެރެއިން ޖިނާއީ ގާނޫނަށް ގެންނަ ބަދަލާއި އެކު ރިހިބިލިޓޭޓް ކުރުމަށްޓަކައި ޚާއްސަ ރަށެއް ތަރައްޤީކުރާނެ ކަމަށް ހޯމް މިނިސްޓަރ އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

ހޯމް ޓީމްގެ ފަރާތުން ބާއްވަމުން އަންނަ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ ވަނީ ކުޑަކުދިންގެ އަދުލުގެ ނިޒާމް ފުރިހަމަކުރުމަށްޓަކައި ގެނައުމަށް މަސައްކަތް ކުރަމުންދާ ބަދަލުތަކުގެ ބައެއް ތަފްސީލްތައް ހާމަކުރައްވާފައި އެވެ. އެގޮތުން ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ތެރެއިން ޖިނާއީ ކުށްތަކުގެ ޒިންމާ ކުޑަކުދިން ނަގަންޖެހޭ އުމުރުގެ ގޮތުގައި މިހާރު އޮތް 15 އަހަރު, 12 އަހަރަށް ތިރިކުރުމަށް ސަރުކާރުން ނިންމި ނިންމުމާއި އެއްގޮތަށް އެކަމަށް ގެންނަން ޖެހޭ ގާނޫނީ ބަދަލު ގެނައުމުގެ މަސައްކަތް މިހާރު ފަށާފައިވާކަން މިނިސްޓަރ ހާމަކުރެއްވި އެވެ.
އެގޮތުން މި ބަދަލުގެ ބޭނުމަކީ ކުޑަކުދިން ޖަލަށް ލައި ގެންގުޅުން ނޫން ކަމަށާއި މީގެ ބޭނުމަކީ 12 އަހަރުން ފެށިގެން ކުށުގެ ވެށިން ފެންނަ ކުދިންނާއި ކުށުގެ ވެއްޓަށް ހުށަހެޅިދާނެ ކަމަށް ބެލެވޭ ކުދިންނާއި ދޭތެރެ ދޭތެރެއިން ކުށުގެ ވެށިން ހައްޔަރުކުރެވޭ ކުދިން ކުށުގެ ވެށިން ނަގައި އެކުދިން ރިހެބިލިޓޭޓް ކުރެވި އެކުދިންނަކީ މުޖުތަމައުތައް ފައިދާވާ ކުދިންތަކަށް ހަދައި އަނބުރާ މުޖުތަމައުއަށް އެކުދިން ގެނައުމަށް ކުރެވޭ މަސައްކަތަކަށް ގާނޫނީ ބާރު ހޯދުމަށްޓަކައި ކުރެވޭ މަސައްކަތެއްކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.
މި އުމުރުފުރާ ތިރިކުރުމުގެ ސަބަބުން ގާނޫނީ ގޮތުން އެކުދިންނަށް ހިންގަން ޖެހޭ ރިހެބިލިޓޭޓް ޕްރޮގްރާމް ހިންގުމުގެ ބާރު ލިބިދޭނެ ކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ވިސްނުން ހުރީ ދިވެހި ރާއްޖޭގައި ވަކި ރަށެއް ގާއިމްކޮށް މިކަމަށް ޙާއްސަކޮށް ސިފައިންނާއި ފުލުހުންނާއި ކަމާބެހޭ އެހެން މިނިސްްޓްރީތަކާއި ގުޅިގެން މިރަށުގައި ކުދިންނަށް ހިންގޭ ޕްރޮގްރާމެއް ހިންގުމަށް ކަމަށެވެ.
އެގޮތުން އެ ޕްރޮގްރާމުގެ ތެރެއިން ދީނީ ތައުލީމާ ރަސްމީ ތައުލީމް އިތުރުން ކޮންޓެންޓް ސްޕޯޓްސް އާއި ސައިކޯސޯޝަލް އިންޓަވެންޝަން ޕްރޮގްރާމްސް ހިންގޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މީގެ އިތުރުންވެސް ހުނަރު ދަސްކޮށްދޭ ޕްރޮގްރާމްތައްވެސް ކުރިޔަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ މިރަށުގެ ކުދިންތައް 18 އަހަރު ވަންދެން ގެންގުޅުމަށްފަހު އެކުދިން ދިވެހި ފުލުހުންގެ ހިދުމަތަށް ނުވަތަ ދިވެހި ސިފައިންގެ ހިދުމަތަށް ރަސްމީކޮށް ނެގޭނެ ކަމަށާއި އެއަށްފަހު އެހިދުމަތުގައި ވަކި ވަރަކަށް ދުވަހު ތިބުމަށްފަހުގައި ހަދާ އިވެލުއޭޝަނަކަށް ފަހުގައި ފުރުސަތު ދެވޭނީ ބޭނުން ދާއިރާއަކުން ކުރިޔަށް ދިޔުމަށް ކަމަށެވެ.
" މީގެ ނަތީޖާއަކީ ކުށުގެ ވެށީގައި މިހާރު އުޅެމުންދާ ކުދިންނަށް ރަނގަޅު މާހައުލެއް ލިބި އެކުދިންގެ ހަޔާތަށް އާ އުންމީދެއް ލިބިދިނުން " މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވަނީ މިރަށް ސަރުކާރުން ކިޔަން ނިންމާފައިވާ ކަންވެސް ހާމަކޮށްފައި އެވެ. އެގޮތުން އެ ރަށަށް ކިޔަން ނިންމާފައިވަނީ ހޯޕް އައުލެންޑް އެވެ.
ގުޅުންހުރި

އިހްސާނުގެ އިތުބާރު ނެތް ކަމަށް ފާހެއް ނުވި!

911 އަށް ހުށައަޅާ މައްސަލަތައް ކަމާގުޅުން ހުރި ހުރިހާ އިދާރާތަކަށް ވަގުތުން ފޯރުކޮށްދެވޭނެ: އިހްސާން
-1730097172741.webp&w=3840&q=75)
ވެރިކަމާ ހަވާލުވިއިރު ފުލުހުންގެ ޚިދުމަތް ގާއިމްނުކުރެވި 72 ރަށެއް އޮތް: އިޙްސާން
