
ހުޅަނގު އައްސޭރީގެ ރެފިއުޖީ ކޭމްޕެއްގައި ޔަހޫދީން ބަޑިން ހަމަލާދީ ފަލަސްތީނުގެ އެކަކު ޝަހީދުކޮށް ކުޑަކުއްޖަކު ޒަހަމްކޮށްލައިފި
# ޔަހޫދީ އިސްރާއީލްހުޅަނގު އައްސޭރީގެ ރެފިއުޖީ ކޭމްޕެއްގައި ޔަހޫދީން ބަޑިން ހަމަލާދީ ފަލަސްތީނުގެ އެކަކު ޝަހީދުކޮށް ކުޑަކުއްޖަކު ޒަހަމްކޮށްލައިފި އެވެ.

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ބަލަޓާ ރެފިއުޖީ ކޭމްޕަށް އިޒްރޭލު ސިފައިން ބަޑިން ދިން ހަމަލާއެއްގައި ފަލަސްތީނުގެ މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ސިއްހީ މަސްދަރުތަކާ ހަވާލާދީ ވަފާ ނިއުސް އެޖެންސީން ބުނެއެވެ.
އެ އެޖެންސީން ފަލަސްތީނު ރެޑް ކްރެސެންޓް ސޮސައިޓީ އާއި ހަވާލާދީ ބުނެފައިވަނީ ފަލަސްތީނުގެ 16 އަހަރުގެ ފިރިހެން ކުއްޖަކު ވެސް އެހަމަލާގައި ޒަހަމްވެފައިވާ ކަމަށާއި ފަރުވާއަށް އެކުއްޖާ މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
މީގެ ކުރިން އަލްޖަޒީރާ އަރަބިކްއިން ވަނީ ފަލަސްތީނުގެ ބާލާޓާގައި ފަލަސްތީނާއި އިސްރާއީލު ސިފައިންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ.