logoEN
cocacola
ޣައްޒާއަށް 1908 ޓަނުގެ އިންސާނީ އެހީއާއިއެކު ގަތަރާއި ތުރުކީގެ ބޯޓެއް ފުރައިފި!

ޣައްޒާއަށް 1908 ޓަނުގެ އިންސާނީ އެހީއާއިއެކު ގަތަރާއި ތުރުކީގެ ބޯޓެއް ފުރައިފި!

އަހުމަދު ޝުރާއު

logo

5/9/2024, 2:33:16 PM

# ޣައްޒާ

ޣައްޒާއަށް އެހީއާއިއެކު ފުރި ބޯޓު

1908 ޓަނުގެ އިންސާނީ އެހީ ހިފައިގެން ގަތަރާއި ތުރުކީއަށް ނިސްބަތްވާ އުޅަނދެއް ޣައްޒާއަށް ފުރައިފިއެވެ.

ގޮސިޔާ

ގަތަރުގެ ޚާރިޖީ ވުޒާރާއިން ބުނީ ޣައްޒާއަށް 1908 ޓަނުގެ އިންސާނީ އެހީއާއެކު ތުރުކީގެ މެޑިޓަރޭނިއަން ބަނދަރު ކަމަށްވާ މެރްސިންއިން ގަތަރާއި ތުރުކީގެ އުޅަނދެއް ފުރާފައިވާ ކަމަށެވެ.

ގަތަރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިންޓަރނޭޝަނަލް ކޯޕަރޭޝަން ލޮލްވާހް އަލް ޚަޠަރު ބުދަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ މިސްރުގެ އަލްއަރީޝް ބަނދަރަށް މި އުޅަނދު ދަތުރުކުރަމުންދަނީ ޣައްޒާއަށް މިވަގުތައް ބޭނުންވާނެ އެންމެ މުހިންމު އެހީތަކާއި އެކުގައި ކަމަށެވެ.

ގަތަރު ފަންޑް ފޯ ޑިވެލޮޕްމަންޓުން ޖުމްލަ ލޯޑުގެ 1،358 ޓަނުގެ އެހީ ދީފައިވާއިރު ތުރުކީގެ ޑިޒާސްޓާ އެންޑް އިމަޖެންސީ މެނޭޖްމަންޓް ޕްރެޒިޑެންސީން ވަނީ 550 ޓަނުގެ އެހީ މި ބޯޓުގައި ފުރުވާލާފައި އެވެ.

ޔަހޫދީން ހުއްޓުމެއްނެތި ޣައްޒާއަށް ހަމަލާދެމުން އަންނަތާ 7 މަސްވެފައިވާއިރު ޣައްޒާ އޮތީ އިންސާނީ އެހީއަށް ނުހަނު ބޭނުންވެފައި އެވެ. އެކި ގައުމުތަކުން ޣައްޒާއަށް އެހީތައް ފޯރުކޮށްދެމުން ދިޔަ ނަމަވެސް އެހީތައް ޣައްޒާއަށް ވެއްދުމަށް ޔަހޫދީން އަންނަނީ ހުރަސްއަޅަމުންނެވެ. އެހީތައް މިހާރު ޣައްޒާއަށް ވަންނަމުން ދަނީ މިސްރުން ރަފާޙް ބޯޑަރުގައި އެހީގައި ކަމަށްވާއިރު ޔަހޫދީން ވަނީ މީގެ ދެތިން ދުވަސްކުރިން ރަފާހްއަށްވެސް އަރާފައި އެވެ. އަދި ރަފާހްގައި ބޮޑު އޮޕަރޭޝަނެއް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާކަމަށް ބުނާއިރު އެކަމާއި ދެކޮޅަށް ޔަހޫދީންނަށް އެހީވަމުން ދިޔަ ގައުމުތަކުން ވަނީ ތެދުވެފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ