logoEN
cocacola
މަގޭ ސޯލާ ޕްރޮގްރާމަށް ބޭނުންވާ ބައެއް ނިޒާމުތައް ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މަގޭ ސޯލާ ޕްރޮގްރާމަށް ބޭނުންވާ ބައެއް ނިޒާމުތައް ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އަހުމަދު ޝުރާއު

logo

5/9/2024, 2:26:22 PM

# އެންވަޔަރަމަންޓް މިނިސްޓްރީ

މަގޭ ސޯލާ ޕްރޮގްރާމުގެ ދަށުން ފުރަތަމަ އިންސްޓޯލް ކުރާ ޖުމުލަ 3 މެގަވޮޓްގެ ނިޒާމުތައް ގަތުމުގެ އެއްބަސްވުމުގައި ސޮއިކުރުން

މަގޭ ސޯލާ ޕްރޮގްރާމަށް ބޭނުންވާ ބައެއް ނިޒާމުތައް ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ގޮސިޔާ

މިނިސްޓްރީ އޮފް ކްލައިމެޓްޗޭންޖް، އެންވާރަންމަންޓް އެންޑް އެނަރޖީއިން މިއަދު ބުނީ މަގޭ ސޯލާ ޕްރޮގްރާމުގެ ދަށުން ފުރަތަމަ އިންސްޓޯލް ކުރާ ޖުމުލަ 3 މެގަވޮޓްގެ ނިޒާމުތައް ގަތުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކްލައިމެޓްޗޭންޖް، އެންވާރަންމަންޓް އެންޑް އެނަރޖީއާއި ޖޭވީ ވިޒްޑަމް ނެގޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

މިއެއްބަސްވުމުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޠާރިޤް އިބްރާހިމް އެވެ. ޖޭވީ ވިޒްޑަމް ނެގޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ ވަންގް ޓާއޯއެވެ.

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނަރޖީއިން ބުނީ މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ގަނެވޭ މި 3 މެގަވޮޓް ތެރޭގައި ހިމެނެނީ 3 ކިލޯވޮޓުގެ 375 ނިޒާމާއި، އަދި 5 ކިލޯވޮޓުގެ 375 ނިޒާމެވެ. މިގޮތުން މި ނިޒާމުތަކުގެ އެހީގައި ޖުމްލަ 750 ގޭބިސީއަށް ސޯލާ ޕީވީ ސިސްޓަމް ފޯރުކޮށްދެވިގެންދާނެ ކަމަށް އެމިނިސްޓްރީއިން ބުނެއެވެ.

"މަގޭ ސޯލާ" ޕްރޮގްރާމަކީ ސޯލާ ހަކަތައިން ކަރަންޓު އުފައްދައި، ބޭނުންކުރުމަށް ގޭބިސީތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.މިޕްރޮގްރާމަކީ ކަރަންޓު ބިލަށް ކުރާ ހޭދަ ކުޑަކުރުމަށާއި، ތެލުން އުފައްދާ ހަކަތަ ރާއްޖޭގައި ބޭނުންކުރާ މިންވަރު މަދުކުރުމަށް އަމާޒުކޮށްގެން ސަރުކާރުން ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ހިންގުމަށް ރޭވިފައިވަނީ ސަރުކާރާއި، ޔުޓިލިޓީ ކުންފުނިތަކާއި އަދި ބޭރުގެ އެހީދޭ ފަރާތްތަކާއި ގުޅިގެން އިފްތިތާހު ކޮށްފައި މިވަނީ މިޕްރޮގްރާމުގެ ފުރަތަމަ ފިޔަވެއްސެވެ. މި ފިޔަވަހީގައި ސޯލާ ޕީވީ އިން ކަރަންޓު އުފައްދާ ނިޒާމު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ގޭބިސީތަކަށެވެ.

މިހާތަނަށް ރާއްޖޭގައި 65 މެގަވޮޓުގެ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމު ޤާއިމުކުރެވިފައިވެއެވެ. އެއީ ޤައުމަށް ބޭނުންވާ ކަރަންޓުގެ ގާތްގަނޑަކަށް %5 އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ