logoEN
WAMCO TOP 1
ތެލެސީމިއާ ސެންޓަރު ހުޅުމާލެއަށް ބަދަލުކުރަނީ

ތެލެސީމިއާ ސެންޓަރު ހުޅުމާލެއަށް ބަދަލުކުރަނީ

އަހުމަދު ޝުރާއު

logo

5/8/2024, 6:00:18 PM

# ތެލެސީމިއާ

މާލޭގައި ހުންނަ ތެލެސީމިއާ ސެންޓަރު ;- ފޮޓޯ| ޕީއެސްއެމް

މާލޭގައި ހިންގަމުން އައި މޯލްޑިވްސް ބްލަޑް ބޭންކް ސާވިސަސް ސެންޓަރު ( ތެލެސީމިއާ ސެންޓަރު ) ހުޅުމާލެ އަށް ބަދަލުކުރަން ނިންމައިފި އެވެ.

THE TRAVELLER AD

މިކަން ހާމަކުރެއްވީ ތެލެސީމިއާ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ އަބްދުالله ހަލީލް އެވެ.

އެގޮތުން ހަލީލް ވިދާޅުވީ އެމަނިކުފާނު މަގާމާއި ހަވާލުވެވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އައި އެންމެ ބޮޑު އެއް ޝަކުވާއަކީ ތެލެސީމިއާ ސެންޓަރު މިހާރު ހިންގަމުން އަންނަ އިމާރާތުގެ ދަތިކަމުގެ ޝަކުވާ ކަމަށެވެ. އެގޮތުން އެއިމާރާތަކީ ވަރަށް ބޮޑަށް ބާވެފައިވާ އިމާރާތް ކަން ފާހަގަކުރައްވައި ހަލީލް ވިދާޅުވީ އިމާރާތުގެ ބައެއް ބައިބައި ވެއްޓެމުން ދިޔަ މަންޒަރު ފެންނަ ވީޑިއޯތަކެއްވެސް އެމަނިކުފާނަށް ލިބިވަޑައިގެންނެވި ކަމަށެވެ.

މިއާއި އެކު އެންމެ ބޮޑު އިސްކަމެއް ދެއްވަމުން މިހާރު ގެންދަވަނީ ތެލެސީމިއާ ކުދިންނަށް ފަރުވާ ދިނުމަށް މިހާރު މާލޭގައި ބޭނުންކުރަމުން އަންނަ އިމާރާތުން އެއް އައު އިމާރާތަކަށް އެހިދުމަތްތައް ބަދަލުކުރުމަށް ކަމަށެވެ. އެގޮތުން ތެލެސީމިއާ ސެންޓަރު ހުޅުމާލެ ފޭސް 1 އަކަށް ބަދަލުކުރުމަށް އައު އިމާރާތުގެ ޖާގަ ކަށަވަރުވެފައިވާކަން ފާހަގަކުރައްވައި ހަލީލް ވިދާޅުވީ އައު އިމާރާތް ހޯދުމުގައި އާއި ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމުގައި ގެންގުޅުއްވީ ތެލެސީމިއާ ބައްޔަށް ފަރުވާ ހޯދަމުން ދާ އައި އެ ސެންޓަރު ބޭނުންކުރާ ފަރާތްތަކުގެ އިރުޝާދު ކަމަށެވެ.

މި ފެސިލިޓީގެ ޑިޒައިން މަސައްކަތް ނިމި ފައިނޭންސް ހަމަޖެއްސުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާކަންވެސް ހަލީލް ހާމަކުރެއްވި އެވެ.

ހަލީލް ވިދާޅުވީ މިމަސައްކަތް ކުރުމަށްޓަކައި ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ސާޖިދާގެ ފަރާތުން ގިނަ އިރުޝާދުތަކެއް ލިބިފައިވާ ކަމަށާއި ތެލެސީމިއާ ކުދިންގެ ކަންކަމުގައި އެކަމަނާ ޚާއްސަ ސަމާލުކަމެއް ދެއްވާ ކަމަށެވެ.

ސަރުކާރުން ތެލެސީމިއާ ސެންޓަރު ހުޅުމާލެއަށް ބަދަލުކުރަން ނިންމާފައިވާއިރު ރާއްޖޭގައި ބީން މެރޯ ޓްރާންސްޕްލާންޓް ހެދޭނެ އިންތިޒާމާއި އެކު ތެލެސީމިއާއަށް ޚާއްސަ ހޮސްޕިޓަލެއް ތަރައްޤީކުރުމަށްވެސް ވަނީ ނިންމާފައި އެވެ.

ކޮމެންޓް
ފަހުގެ
HDC