logoEN
WAMCO TOP 1
ރާއްޖޭގައި ބޯންމެރޯ މެޗު ޓެސްޓު ހަދަން ފަށައިފި

ރާއްޖޭގައި ބޯންމެރޯ މެޗު ޓެސްޓު ހަދަން ފަށައިފި

އަހުމަދު ޝުރާއު

logo

5/8/2024, 5:44:11 PM

# ތެލެސީމިއާ

ބޯންމެރޯ މެޗް ޓެސްޓު

ރާއްޖޭގައި ބޯންމެރޯ މެޗު ޓެސްޓު ހަދަން ފަށައިފި އެވެ.

THE TRAVELLER AD

ތެލެސީމިއާ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރަސްމީކޮށް މިކަން ހާމަކުރެއްވީ ހެލްތު މިނިސްޓަރ އަބްދުالله ހަލީލް އެވެ.

އެގޮތުން މިނިސްޓަރ ވިދާޅުވީ ބޯންމެރޯ ޓްރާންސްޕްލާންޓަށް، ބަލި މީހާއާއި ޑޯނަރު ހަދަން ޖެހޭ ކްރޮސްމެޗު ޓެސްޓު ރާއްޖޭގައި ހެދޭނެ އިންތިޒާމު މިއަދުން ފެށިގެން ރާއްޖޭގައި ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން މީގެ ކުރިން ބޯންމެރޯ މެޗު ހެދެނީ ވަރަށް ދަތި ހާލުން ކަމަށާއި އެ ޓެސްޓު ހެދުމަށް ބަލި މީހާއާއި ޑޯނަރުގެ އިތުރުން އާއިލާގެ މެންބަރުން ވެސް ބޭރަށް ދާން ޖެހޭ ކަން ފާހަގަކުރައްވައި ހަލީލް ވިދާޅުވީ ރައީސްގެ އިސްނެންގެވުމުގެ މަތިން މިއަދު ރާއްޖޭގައި ތިބެގެން މި ޓެސްޓު ހެދުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައި ކަމަށެވެ.

"އެހެންވީމަ ފައިސާގެ ގޮތުންނާއި ވަގުތުގެ ގޮތުން ވަރަށް ބޮޑު ގުރުބާނީއެއް ހަގީގަތުގައި ބެލެނިވެރިން ވަމުން ދަނީ، އެހެންނަމަވެސް ﷲގެ ވާގިފުޅާއެކު ރައީސްގެ އިސްނެންގެވުމުގެ މަތިން މިއަދު ރާއްޖޭގައި ތިބެގެން މި ޓެސްޓު ހެދުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައި،" މިނިސްޓަރ ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ މި ޓެސްޓުގެ ފުރަތަމަ ބުރު 13 ފަރާތަކާއި އެކު މިދިޔަ މާޗު މަހުގެ ހަތެއްގައި ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި ޓެސްޓުގެ ދެވަނަ ބުރު މި ހިނގާ މޭ މަހު ނުވަތަ އަންނަ ޖޫން މަހު ފުރިހަމަ ވެގެންދާނެ ކަން ހަލީލް ހާމަކުރެއްވި އެވެ.

ސަރުކާރުގެ ހަރަދުގައި ބޯން މެރޯހެދުމަށް ރާއްޖެއިން ބޭރުގައި މިހާރު ފަސް ކުއްޖަކު ތިބި އިރު 2 ކުއްޖަކު ވަނީ މިހާރު ކާމިޔާބުކަމާއި އެކު އޮޕަރޭޝަން ފުރިހަމަކޮށްފައި އެވެ. އަދި މިއަހަރުގެ ތެރޭގައި ސަރުކާރުގެ ހަރަދުގައި އިތުރު 10 ކުއްޖަކު ބޯން މެރޯ ހެދުމަށް ފޮނުވުމަށް ނިންމާފައިވާކަން މިރޭ ހަލީލް ވަނީ ހާމަކުރައްވާފައި އެވެ.

ކޮމެންޓް
ފަހުގެ
HDC