logoEN
cocacola
އެމެރިކާއިން ޔަހޫދީންނަށް ފޮނުވަން ނިންމި ހަތިޔާރުތައް ފޮނުވުން މަޑުޖައްސާލައިފި

އެމެރިކާއިން ޔަހޫދީންނަށް ފޮނުވަން ނިންމި ހަތިޔާރުތައް ފޮނުވުން މަޑުޖައްސާލައިފި

އަހުމަދު ޝުރާއު

logo

5/8/2024, 4:43:29 PM

# ޣައްޒާ# ޔަހޫދީ އިސްރާއީލް

އެމެރިކާއިން ޣައްޒާއަށް ހަމަލާދިނުމަށް ބޭނުންކުރުމަށް ޔަހޫދީ އިސްރާއީލުގެ އަސްކަރިއްްޔާއަށް ފޮނުވަން ނިންމި ހަތިޔާރުތައް ފޮނުވުން މަޑުޖައްސާލައިފި އެވެ.

ގޮސިޔާ

މިކަން ރަސްމީކޮަށް ހާމަކުރީ އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން އެވެ. އެގޮތުން އެމެރިކާގެ ސެނެޓުގައި ވާހަކަދައްކަމުން އައުސްޓިން ބުނީ އިސްރާއީލަށް ބޮޑެތި ޕެލޯޑް މިއުނިޝަންތައް ( ހަތިޔާރުތައް ) ފޯރުކޮށްދިނުން މަޑުޖައްސާލަން ބައިޑަން ނިންމެވީ އިސްރާއީލުން ރަފާއަށް އެރުމާއި ގުޅިގެންނެވެ.

އެކަމަކު އެ ޝިޕްމަންޓް ކުރިއަށް ގެންދާނެ ގޮތަކާ މެދު އެންމެ ފަހުގެ ނިންމުމެއް އަދި މިހާތަނަށް ނިންމާފައިވާ ނުވާކަންވެސް އައުސްޓެން ވަނީ ބުނެފައި އެވެ.

އެމެރިކާއިން ވަނީ އިސްރާއީލަށް ރަފާހްއަށް އަރައިގެން ނުވާނެ ކަމަށް މީގެކުރިންވެސް އަންގާފައި އެވެ. ނަމަވެސް އެމެރިކާގެ "ތައްޕާހުގައި" އުޅެމުން އަންނަ އިސްރާއީލުން ވަނީ އެކަމަށް ދެކޮޅު ހަދާފައި އެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ބޭނުންކުރާ ހަތިރާރުތަކަކީ އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން އިސްރާއީލަށް ފޯރުކޮށްދެމުން އަންނަ ހަތިޔާރުތަކެކެވެ..

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ