logoEN
cocacola
އޭދަފުށީގައި 1000 ހައުސިންގ ޔުނިޓު އަޅަން ޗައިނާ ކުންފުންޏަކަށް!

އޭދަފުށީގައި 1000 ހައުސިންގ ޔުނިޓު އަޅަން ޗައިނާ ކުންފުންޏަކަށް!

އަހުމަދު ޝުރާއު

logo

5/8/2024, 1:28:47 PM

# ބ. އޭދަފުށި

އޭދަފުށީ ހައުސިންގ މަޝްރޫއު ހަވާލުކުރުން

ބ އަތޮޅުގެ ވެރިކަން ކުރާ އޭދަފުށީގައި ހައުސިންގ ޔުނިޓު އަޅަން ޗައިނާ ކުންފުންޏާއި އެކު ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ އިން ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.

ގޮސިޔާ

އޭަދަފުށީގައި 1000 ހައުސިންގ ޔުނިޓު އެޅުމަށް ސަރުކާރުން ހަވާލުކުރީ ޗައިނާގެ ސަރުކާރު ހިއްސާވާ 'ސިނޯހައިޑްރޯ ކޯޕަރޭޝަން'އާއެވެ.

މި ފަހުމުނާމާގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އަބްދުﷲ މުއްޠަލިބްއެވެ.

View post on Twitter

މި ފަހުމުނާމާއާއި ގުޅޭ މައުލޫމާތު އެމިނިސްޓްރީއިން އަދި ހާމަކޮށްފައި ނުވި ނަމަވެސް މި ފަހުމުނާމާގެ ދަށުން އޭދަފުށީގައި 1000 ހައުސިންގ ޔުނިޓު އެޅުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ވަނީ ހަމާލުކޮށްފައި އެވެ.. އޭގެ ތެރޭގައި މަޝްރޫއުގެ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ ސާވޭތަކުގެ މަސައްތްވެސް ހިމެނެއެވެ.

އޭދަފުށީގައި 1000 ހައުސިންގ ޔުނިޓު އަޅަން ނިންމާފައިވާކަން ހާމަކުރެއްވީ ނިމިދިޔަ މަޖިލިސް އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ރައީސް ޑރ މުހައްމަދު މުއިއްޒު އެވެ. ބޯހިޔާވަހިކަމުގެ މައްސަލަ ހަޢްލުކުރުމަށް އޭދަފުށީގައި ތަރައްޤީކުރެވޭ ހައުސިންގ ޔުނިޓަކުގެ ސަބަބުން އެރަށުގެ އިތުރުން އެދާއިރާ އާއި ޖުމްލަކޮށް މުޅިއަތޮޅަށްވެސް އޭގެ އެދެވޭ ފައިދާކުރާނެކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

"އިރާދަކުރެއްވިޔާ މިހާރު ކުރިއަށްދާ މަސައްކަތްތަކާއެކު ދާދި އަވަހަށް ހުރިހާ ޙުއްދައެއް ސަރުކާރުންދީ، ވަރަށް އަވަހަށް އޭދަފުށީގައި 1000 ހައުސިންގ ޔުނިޓުގެ މަޝްރޫޢެއް ފަށާނަން" ރައީސް ކެމްޕެއިންގެ ތެރޭގައި ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ