
ކުޅުދުއްފުށި ކަރަންޓް މައްްސަލަ ހައްލުކުރުމަށް ސްޓެލްކޯގެ ޓީމެއް އެރަށުގައި ހަރަކާތްތެރިވާނެ!
# ސްޓެލްކޯ--
ކުޅުދުއްފުށި ސިޓީގެ ކަރަންޓް މައްްސަލަ ހައްލު ކުރެވެންދެން ސްޓެލްކޯގެ ތަޖުރިބާކާރުންގެ ޓީމެއް އެ ސިޓީގައި ހަރަކާތްތެރިވަމުންދާނެ ކަަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ ވިދާޅުވީ އެ ސިޓީގެ ކަރަންޓުގެ ހާލަތު ދެނެގަތުމަށާއި، އެކަން ރަނގަޅު ކުރުމަށް ފޮނުވި އެޑްވާންސް ޓީމް މިހާރު މާލެ އައިސްފައިވާ ކަަމަށެވެ. އަދި އޭގެ ބަދަލުގައި އެ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރެވެންދެން ސްޓެލްކޯއިން ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަށް ސްޓެލްކޯގެ އަށް މުވައްޒަފުންގެ މައްޗަށް ހިމެނޭ ތަޖުރިބާކާރު ޓީމެއް ކުޅުދުއްފުށީގައި ހަރަކާތްތެރިވަމުން އަންނާނެ ކަމަށެވެ.
ކުޅުދުއްފުށީގެ ތިން ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން އިއްޔެ ހެނދުނު ވަނީ އެރަށުން ކަރަންޓު ކެނޑިފައެވެ. ސްޓެލްކޯގެ ޓީމްގެ އެހީތެރިކަމާއެކު ފެނަކައަށް އެ މައްސަލަ ހައްލުކުރެވިފައިވަނީ އިއްޔެ ރޭގެ ވަގުތެއްގައެވެ.
ކުރީ ސަރުކާރުގެ އިހުމާލުން ކުޅުދުއްފުށީ ރައްޔިތުންނަށް ދިމާވެފައިމިވާ ކަރަންޓުގެ މައްސަލަތައް ހައްލުކޮށްދީ، ރައްޔިތުން އެދޭފަދަ ފުރިހަމަ ޚިދުމަތެއް ކުޅުދުއްފުށީގައި ދެވިގެންދާނެ ކަމަށް ފަހުމީ ވަނީ ވިދާޅުވެފަައެވެ.
10،000 ވުރެ ގިނަ މީހުން ދިރިއުޅޭ ކުޅުދުއްފުއްޓަކީ އުތުރުގައި ސިޓީއެއްގެ ދަރަޖަ ދީފައިވާ ހަމައެކަނި ރަށެވެ.
ގުޅުންހުރި

ރަމަޟާންމަހު ކަރަންޓުބިލް 400 ރުފިޔާއަށްވުރެ ބޮޑުނުވާނެހެން ޑިސްކައުންޓް ދެނީ

ޕީކް ސީޒަނަށް ވ ތިނަދޫވެސް ތައްޔާރު: 600 ކިލޯވޮޓްގެ އިތުރު ޖެނެސެޓެއް ކޮމިޝަންކޮށްފި

އިތުރު ޖެނެސެޓެއް ކޮމިޝަންކޮށް މަތިވެރީގެ ކަރަންޓު ކެޕޭސިޓީ އިތުރުކޮށްފި

.gif&w=3840&q=75)



