
މާދެލީގައި އަޅަން ނިންމި މަސް ކާރުޚާނާ ފ. ނިލަންދޫގައި އަޅަން ނިންމައިފި
# ދ. މާދެލި# ފ. ނިލަންދޫ# ފިޝަރީޒް މިނިސްޓްރީދ. މާދެލި
ދ. މާދެލީގައި އަޅަން ނިންމި މަސް ކާރުޚާނާ، ފ. ނިލަންދޫއަށް ބަދަލުކުރަން ނިންމައިފިއެވެ.

މާދެލީގައި މަސް ކާރުޚާނާއެއް އެޅުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅަކަށް ވީ ނަމަވެސް، އެ ކާރުޚާނާ އެރަށުން ނިލަންދޫއަށް ބަދަލުކުރުމަށް ނިންމާފައިވަނީ މަސްވެރިކަމާ ބެހޭ ވުޒާރާއިންނެވެ. އެގޮތުން އެ ވުޒާރާއިން މިއަދު "އެކްސް"ގައި ކުރި ޕޯސްޓެއްގައި ވަނީ އެކަން ޢިއުލާންކޮށްފައެވެ.
އެ ޕޯސްޓުގައި އެ ވުޒާރާއިން ބުނީ، ފ. ނިލަންދޫ އަކީ އާބަން ސެންޓަރެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ރަޢީސް މުޢިއްޒު ނިންމެވުމާ ގުޅިގެން، މާދެލީގައި އަޅާ މަސް ކާރުޚާނާ ނިލަންދޫގައި އެޅުމަށް ނިންމަވާފައިވާ ކަމަށެވެ.
އަދި އެ މަސައްކަތް ކުރުމަށް ބޭނުންވާ ބިން ހަމަޖެއްސުމާ ގުޅޭގޮތުން އެ ވަޒީރު އަޙްމަދު ޝިޔާމާއެކު، ވުޒާރާގެ ޓީމެއް އެރަށަށް ގޮސް ކައުންސިލާ ބައްދަލުކޮށްފައިވާ ކަމަށެވެ.
އަދި އެ ބައްދަލުވުމުގައި ކާރުޚާނާ ގާއިމްކުރުމަށް އެރަށުގެ ސިނާއީ ސަރަހައްދުގެ ބައެއް ކަނޑައެޅުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް ވެސް އެ ޕޯސްޓުގައި ބުންޏެވެ.
މަސް ކާރުޚާނާ ނިލަންދޫއަށް ބަދަލުކުރުމަށް ނިންމިއިރު، ކުރިން އެ ކާރުޚާނާ އެޅުމަށް ނިންމާފައި އޮތް ދ. މާދެލިއަކީ ފަތުރުވެރިކަމަށް ތަރައްޤީކުރުމަށް ނިންމާފައި އޮތް ރަށެކެވެ. އެގޮތުން ލަގްޒަރީ ރިސޯޓެއް ހެދުމަށް އެސްއޭއެސް ކެޕިޓަލް ޕްރައިވެޓް ލިމިޓެޑް ކިޔުނު ކުންފުންޏާކަށް 2023 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ހަވާލުކޮށްފައި އޮތް އިރު، އެ ކުންފުނިން ވަނީ އެރަށުގެ އެކުއިޒިޝަން ކޯސްޓު ވެސް ދައްކާފައެވެ.
ގުޅުންހުރި

ނިލަންދޫ ދަޅުމަސް ބަންދުކުރާ ކާރުހާނާގެ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި

ވޭވަށުގައި ގާއިމްކުރާ އައިސްޕްލާންޓްގެ މަސައްކަތް ފަށައިފި

ގައުމީ މަސްވެރިކަމުގެ އިންވެންޓްރީ އެކުލަވައިލުމަށް މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

.gif&w=3840&q=75)



