
ރައީސް ނަޝީދަށް ދިން ބޮމުގެ ޙަމަލާގެ ޝަރީޢަތް އަވަސް ކުރުމަށް މަޖިލިސް ރައީސް އަސްލަމް ގޮވާލައްވައިފި
# ރައްޔިތުންގެ މަޖިލިސް# ރައީސް މުހައްމަދު ނަޝީދު# މުޙައްމަދު އަސްލަމް# ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަދި މިހާރުގެ މަޖިލިސް ރައީސް މުޙައްމަދު އަސްލަމް
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ޙަމަލާގެ ޝަރީޢަތް އަވަސް ކުރުމަށް މަޖިލީހުގެ މިހާރުގެ ރައީސް މުޙައްމަދު އަސްލަމް ގޮވާލައްވައިފިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ޙަމަލާއަށް ތިން އަހަރު ފުރޭ ދުވަސްކަން ފާހަގަ ކުރައްވަމުން މިއަދުގެ މަޖިލިސް ޖަލްސާ ފައްޓަވަމުން އަސްލަމް ވަނީ، އެ މައްސަލައިގެ ތަހުގީގުތައް އަވަސްކޮށް، ޝަރީއަތްތައް ނިންމުމަށް ކަމާ ބެހޭ އިދާރާތަކަށް ގޮވާލައްވާފައެވެ.
އެގޮތުން އަސްލަމް އެދިވަޑައިގަތީ، މަޖިލީހުން އެ މައްސަލައާ ގުޅިގެން ހެދި ޚާއްސަ އިންކިއުރީއަށް ޢަމަލުކުރުމަށެވެ.
"ރައްޔިތުންގެ މަޖިލިސްގެ ނަމުގައި އަޅުގަނޑު އެދެނީ، ރައްޔިތުންގެ މަޖިލީހުން މިކަމާ ގުޅިގެން ތައްޔާރުކޮށް އާންމުކުރެވިފައިވާ އިންކުއަރީ ރިޕޯޓުގައި ހިމެނިފައިވާ ރިކޮމެންޑޭޝަންތަކަށް ވީހާ ވެސް އަވަހަކަށް ފުރިހަމައަށް އަމަލު ކުރެވުން،" އަސްލަމް ވިދާޅުވިއެވެ.
އެއާއެކު އަސްލަމް އެދިވަޑައިގަތީ ރާއްޖޭގައި ހަރުކަށި ފިކުރުތަކާއި އަނިޔާވެރި ޙަމަލާތައް އެއްކޮށް ނެތި ދިޔުމަށެވެ.
މީގެ ތިން އަހަރު ކުރިން މޭއި މަހުގެ ހަވަނަ ދުވަހު ނަޝީދަށް ޙަމަލާ ދީފައިވަނީ އެމަނިކުފާނުގެ ޢާއިލީ ގެކޮޅު، ގ. ކެނެރީ ގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންވަން ވަޑައިގަންނަވަނިކޮށް، އައިއީޑީއެއް ގޮއްވާލައިގެންނެވެ.
އެ މައްސަލައިގައި ރައީސް ނަޝީދަށް އެކިވަރުގެ އަނިޔާ ލިބިވަޑައިގެންނެވި އިރު، އެ މައްސަލައިގައި 7 މީހަކަށް ދައުވާ އުފުލިއެވެ. އޭގެ ތެރެއިން ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި، އަދުހަމް އަހުމަދު ރަޝީދު ކުށަށް އިއުތިރާފްވެ، ދައުލަތާއެކު ހެދި އެއްބަސްވުމުގެ ދަށުން އޭނާ ވަނީ 23 އަހަރަށް ޖަލަށް ލައިފައެވެ.
ގުޅުންހުރި

ޒުވާނުންގެ މުޒާހަރާއިން ހައްޔަރުކުރި ދެޒުވާނުން ދޫކޮށްލަން ނަޝީދު ގޮވާލައްވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް މަދުކުރަން މަޖިލީހުން ފާސްކޮށްފި

ޑަބްލިއުޑީސީތަކަށް ރަސްމީ މުސާރަ އާއި ރޯދަ އިނާޔަތް ދޭން ފާސްކޮށްފި
