
ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި އިނާމް މި އަހަރު 50 ޙާފިޒުންނަށް!
# ރައީސުލްޖުމްހޫރިއްޔާ# ޙާފިޒުން# ރައީސް އޮފީސްޙާފިޒުން ދަސްވެނުމުގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް
ކީރިތި ޤުރްއާން ހިތުދަސްކުރާ ޙާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު މި އަހަރު 50 ޙާފިޒުންނަށް ލިބިގެންދާނެކަން ސަރުކާރުން ހާމަކޮށްފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސުލްްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު ދެއްވުން މިއަންނަ މަހުގެ 1 ވާ އާދިއްތަ ދުވަހުގެ ރޭ ބާއްވާ ގޮތައް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މެޑެއްޔާއި އިނާމު ދިނުން އޮންނާނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިންތިޒާމް ކޮށްގެން އިސްލާމީ މަރުކަޒުގައި މިކަމަށްޓަކައި އެ ރޭ ބާއްވަވާ ހާއްސަ ޖަލްސާގައި ކަމަށްވެސް ވަނީ ހާމަކޮށްފައި އެވެ.
މިގޮތުން މިއަހަރު ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި އިނާމު މިއަހަރު 50 ޙާފިޡުންނަށް ލިބިވަޑައިގަންނަވާނެ ކަމުގައި ވަނީ ފާހަގަކޮށްފައި އެވެ.
ކީރިތި ޤުރްއާން ހިތުދަސްކުރި ޙާފިޡުންނަށް އެންމެ ފަހުން ރައީސުލްޖުމްހޫރިއްޔާ މެޑެއްޔާއި އިނާމު ދީފައިވަނީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި 1446 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހު ބޭއްވިރަސްމީ ޖަލްސާގަ އެވެ.
އެ އަހަރު 28 ޙާފިޡަކަށް ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި އިނާމު ލިބިވަޑައިގަތެވެ.
ގުޅުންހުރި

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު މިއަހަރުގެ މިނިވަން ދުވަހު 66 ބޭފުޅަކަށް އަރުވަނީ

އެލްޖީއޭ ބޯޑު މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި
.jpg&w=3840&q=75)
ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި




