logoEN
cocacola
އިސްރާއީލު އަސްކަރިއްޔާގެ މައި މަރުކަޒަކަށް ހަމާލާދީފައިވާ ކަމާށް ހަމާސްއިން ބުނެފި

އިސްރާއީލު އަސްކަރިއްޔާގެ މައި މަރުކަޒަކަށް ހަމާލާދީފައިވާ ކަމާށް ހަމާސްއިން ބުނެފި

އަހުމަދު ޝުރާއު

logo

5/5/2024, 6:50:56 PM

# ފަލަސްތީން - އިސްރާއިލް

އިސްރާއީލު އަސްކަރިއްޔާގެ މައި މަރުކަޒަށް ހަމާލާދީފައިވާ ކަމާށް ފަލަސްތީނުގެ މިނިވަންކަމަށް ހަނގުރާމަކުރަމުން އަންނަ ހަމާސްއިން ބުނެފި އެވެ.

ގޮސިޔާ

ހަމާސްގެ ހަތިޔާރު އެޅި ގޮފި ކަމަށްވާ ކަސާމް ބްރިގޭޑުން ވަނީ މިރޭ ޣައްޒާއާއި އިސްރާއީލާ ދެމެދު އޮންނަ ކަރަމް އަބޫ ސަލީމް (ކެރެމް ޝަލޯމް) ހުރަސްކުރާ ސަރަހައްދަށް ހަމާސްގެ ހަނގުރާމަވެރިން ރޮކެޓް ހަމަލާތަކެއް ފޮނުވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށްފަ އެވެ.

އަދި އެ ރޮކެޓްތައް އިޒްރޭލުގެ އަސްކަރިއްޔާގެ "ކޮމާންޑް ހެޑްކުއާޓާސް އެންޑް މޮބިލައިޒޭޝަންސް" އަށް އަމާޒުވެ، ޔަހޫދީ ސިފައިން މަރުވެ ޒަހަމްވެފައިވާ ކަމަށް ވެސް ކަސާމް ބްރިގޭޑުން ވަނީ ބުނެފައި އެވެ.

ހަމާސްގެ ހަމަލާއެއް އިސްރާއީލުގެ އަސްކަރީ މަރުކަޒަކަށް އަމާޒުވިކަން އިސްރާއީލުގެ ރައީސް ވަނީ ނުސީދާކޮށް ކަށަވަރުކޮށްދީފައި އެވެ. ނަމަވެސް ޔަހޫދީ ރައީސް ބުނީ ހަމަލާ އަމާޒުވެފައިވަނީ އިންސާނީ އެހީ ރައްކާކޮށްފައިވާ ތަނަކަށް ކަމަށާއި އެކަމުން ދައްކުވައިދެނީ ހަމާސްއިން އިންސާނިއްޔަތުކަމާއި ދެކޮޅު ކަމަށް ކަމަށެވެ.

އިތުރު ތަފްސީލް އަންނަނީ ..

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ