logoEN
Sto top
ފުވައްމުލަކުގައި "އުފާވެރި ދިރިއުޅުމަކަށް ކަސްރަތު 2025" ގެ ނަމުގައި ޕްރޮގްރާމެއް ހިންގައިފި

ފުވައްމުލަކުގައި "އުފާވެރި ދިރިއުޅުމަކަށް ކަސްރަތު 2025" ގެ ނަމުގައި ޕްރޮގްރާމެއް ހިންގައިފި

ހުސައިން އަހްމަދު

logo

11/27/2025, 9:43:37 AM

# ފުވައްމުލައް ސިޓީ# އެމްއެންޑީއެފް

ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ފުވައްމުލައް ސިޓީގައި "އުފާވެރި ދިރިއުޅުމަކަށް ކަސްރަތު 2025" ގެ ނަމުގައި ޕްރޮގްރާމެއް ހިންގައިފިއެވެ.

Wamco

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން މިމަހުގެ 25ވަނަ ދުވަހު ފުވައްމުލައް ސިޓީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ޕްރޮގްރާމް ފުރިހަމަކުރި ބައިވެރީންނަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް މުޙައްމަދު ނިލާމެވެ.

އޮކްޓޫބަރު މަހުގެ 8ވަނަ ދުވަހުން ފެށިގެން 1 މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމް، އެ ރަށުގެ 41 ކަނބަލުން ވަނީ ފުރިހަމަކޮށްފައެވެ.

މި ޕްރޮގްރާމަކީ، ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮކަމާއި، ދުޅަހެޔޮ ޞިއްޙަތާއި، އެކުވެރިކަމާ އެކު ގުޅިގެން މަސައްކަތްކުރާ އެއްބައެއްވަންތަ މުޖުތަމަޢުއެއް ބިނާކުރުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ކުލާސްތައް ނަގައިދީފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ މުދައްރިބުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC