
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު ހިނގައިދިޔަ ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ކާރު ދުއްވަން އިން މީހާ ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ހުޅުމާލެ ފޭސް 2 ވިނަރެސް ފްލެޓުތައް ކައިރީގައި ކައިރީގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިއަދު މެންދުރުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި އައި ކާރެއް ކޮންޓްރޯލް ނުވެ ގޮސް މަގުގެ އެއް ފަރާތުގައި މަޑުކޮށްގެން އިން ސައިކަލެއްގައި ޖެހިގެން ކަމަށް ފުލުހުން ބުނެއެވެ. މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލުގައި އިން މީހާއަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާ ވަނީ އެ ސަރަހައްދު ދޫކޮށް އެވަގުތު ފިލާފައެވެ. ނަމަވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ އެމީހާ މިރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އިތުރު ތަފްސީލް އަންނަނީ,...