logoEN
cocacola
ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވެއްޓިއްޖެ

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވެއްޓިއްޖެ

އަލްފާ އަލީ

logo

5/4/2024, 2:12:32 PM

# ޑޮލަރު

--

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު، އަނެއްކާ ވެސް ވެއްޓިއްޖެ އެވެ.

ގޮސިޔާ

ޑޮލަރުގެ ވިޔަފާރި ކުރާ ފަރާތަތްކުން މައުލޫމާތު ދޭގޮތުގައި ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރު ގަންނަން މިހާރު ލިބޭ ރޭޓު ހުރީ 17.30ރ. އާއި 17.65ރ އާ ދެމަދުގައެވެ. މިއީ މި އަހަރު ފެށުނު ފަހުން ޑޮލަރުގެ އަގު ކަޅު ބާޒާރުގައި އެންމެ ދަށަށް ވެއްޓުނު ފަހަރެވެ.

މި އަހަރު ފެށުނު އިރު ޑޮލަރުގެ އަގު ހުރީ 17.70ރ. އާއި 18ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. މިހާރު މިވަނީ 30ލ އަދި 20ލ އަދަދުން ރޭޓް ކުޑަވެފައެވެ.

ޑޮލަރުގެ ވިޔަފާރި ކުރާފަރާތްތަކުން ބުނެފައިވަނީ, ޑޮލަރުގެ އަގު ވެއްޓިފައިވަނީ ބާޒާރުގައި ދައުރުވާ ޑޮލަރުގެ އަދަދު އިތުރުވެފައިވާތީ އެވެ. މީގެ އިތުރުންވެސް ރާއްޖެއަށްއަންނަ ފަތުރުވެރިންގެ އަދަދުވެސް ވަނީ ބޮޑުތަނުން އިތުރުވެފައެވެ.

ކޮވިޑް 19ގެ ދުވަސްވަރު ރާއްޖޭގައި އެމެރިކާ ޑޮލަރުގެ އަގު 20 ރުފިޔާއަށް ވެސް އެރި އެވެ. ޑޮލަރުގެ އަގު ހަމައަކަށް އެޅުވުމަށް ގިނަ މަސައްތަކެއް ކުރަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ