logoEN
cocacola
އިތުރަށް ދެމެޗު ކުޅެ އާސެނަލް އިން ހަތަރު ޕޮއިންޓަށް ލީޑު ފުޅާކޮށްފި

އިތުރަށް ދެމެޗު ކުޅެ އާސެނަލް އިން ހަތަރު ޕޮއިންޓަށް ލީޑު ފުޅާކޮށްފި

ހަސަން ޝަމްއޫން

logo

5/4/2024, 1:09:10 PM

# ބޯން# އިނގިރޭސި ޕްރެމިއާ ލީގު# އާސެނަލް# ބޭރު ދުނިޔޭގެ ކުޅިވަރު

އާސެނަލް ކުޅުންތެރިން ބޯންމައުތު ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ

އިގިރޭސި ޕްރެމިއާ ލީގުގައި މިއަދު ހަވީރު އަމިއްލަ ދަނޑުގައި 3-0 ގެ ނަތީޖާއަކުން ބޯންމައުތު ބަލިކޮށް އާސެނަލް އިން ލީގު ތާވަލުގެ ކުރީގައި ހަތަރު ޕޮއިންޓަށް ލީޑު ފުޅާކޮށްފިއެވެ.

ގޮސިޔާ

ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު 14 މެޗުގެ ތެރެއިން 13 މެޗުން އެޓީމު މޮޅުވެފައިވާއިރު، އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. އަދި އާސެނަލް އެންމެ ފަހުން ލީގު މެޗެއްގައި ބަލިވެފައި ވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ރަށުން ބޭރުގައި ފުލަމް އާއި ދެކޮޅަށް ކުޅެނު މެޗުންނެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅެވުނު މިމެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފައްޓައިގެން މޮޅަށް ކުޅެ މެޗު ޑޮމިނޭޓްކުރީ އާސެނަލް އިންނެވެ. އެގޮތުން މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

އާސެނަލް އިން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައެވެ. މިލަނޑުއެޓީމަށް ލިބުނި ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އިގިރޭސި ފޯވާޑް ބަކަޔޯ ސަކާއެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް އާސެނަލްގެ ފަރާތުން ވަރުގަދަ އެޓޭކިން ކުޅުމެއެއް ފެނިގެންދިޔައިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން އެޓީމުގެ ދެވަނަ ލަނޑު ފަހުހާފުގެ 70 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ލިއެންޑްރޯ ޓްރޮސާޑް އެވެ. އަދި މިމެޗުގައި އެޓީމުން ކާމިޔާބުކުރި ތިން ވަނަލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިގިރޭސި މިޑްފީލްޑަރު ޑެކްލަން ރައިސް އެވެ.

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ. އަދި މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 36 މެޗުން ލިބުނު 83 ޕޮއިންޓާއެކު އާސެނަލް މިވަގުތު އޮތީ ލީގުތާވަލުގެ އެއްވަނައިގައެވެ. އަދި ދެވަނައި އޮތް މެންޗެސްޓާ ސިޓީއަށް 32 މެޗުން 79 ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި ބޯންމަތުން ލީގުގައި ކުޅުނު 36 މެޗުން ލިބުނު 48 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 10 ވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ