
ކުނި އަޅައި، ގޮނޑުކޮށްފައިވާ އިންޑަސްޓްރިއަލް ވިލެޖު ސާފުކުރުމުގެ މަސައްކަތް އިދާރާތަކުން ފަށައިފި
# ފުލުހުން# Male' City Council# ވެމްކޯ# Male' Industrial village# ކުނި ނެގުންމާލެ ސިނާޢީ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވުމުގެ ތެރެއިން، މޭޔަރު ޢާދަމް ޢާޒިމް އެ ސަރަހައްދުގައި
ކުނި އަޅައި ގޮނޑުކޮށްފައިވާ މާލެ އިންޑަސްޓްރިއަލް ވިލެޖް ނުވަތަ ސިނާޢީ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ކަމާ ބެހޭ އިދާރާތަކުން ފަށައިފިއެވެ.

މާލޭގެ ހުޅަނގު ދެކުނު ފަރާތުގައި އޮންނަ ސިނާޢީ ސަރަޙައްދުގެ އެންމެ ފުރިހަމަ ބޭނުން ނުކުރެވި އޮއްވާ، އެ ސަރަޙައްދު ވަނީ ކުނި ގޮނޑަކަށް ބަދަލުވެފައެވެ. އެ ސަރަޙައްދު އެގޮތަށް ކުނިން ފުރިފައި އޮންނަތާ ދުވަސްތަކެއް ވީއިރުވެސް، އެ ސަރަޙައްދު ސާފުކުރުމުގެ އިތުރުން، އެ ސަރަޙައްދަށް ކުނިއަޅާ ފަރާތްތައް ހޯދުމުގެ މަސައްކަތެއް ވެސް ކަމާބެހޭ އިދާރާތަކުން ކޮށްފައެއް ނުވެއެވެ.
އެހެން ނަމަވެސް މާލެ ސިޓީ ކައުންސިލް އިސްވެއޮވެ މިއަދު ފެށި ހަރަކާތުގައި، ލޯކަލް ކައުންސިލުތަކުގެ ވުޒާރާ، ގެދޮރުވެރިކަމާ ބެހޭ ވުޒާރާ، ފުލުހުން، ވެމްކޯ އަދި ޕޯޓްސް ބައިވެރިވެއެވެ.
އެކަމާ ގުޅޭ ގޮތުން "ގާފު އޮންލައިން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، މާލެ ސިނާޢީ ސަރަހައްދު ސާފުކޮށް ނިންމުމަށްފަހު، އެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި މާލެ ސިޓީ ކައުންސިލާ ގުޅިގެން ވެމްކޯ އަދި އެމްޕީއެލް އިން މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން އެ ސަރަހައްދަށް ވަދެ ނުކުތުން ކޮންޓްރޯލް ކުރުމަށް ގޭޓް ތަކެއް ހަރުކުރުމާއި، ފުލުހުންނާ ގުޅިގެން ސެކިއުރިޓީ ބެހެލެއްޓުން ފަދަ ކަންތައް ކުރެވޭނެ ކަމުގައި އާޒިމް ވިދާޅުވިއެވެ.
މާލެ ސިނާއީ ސަރަހައްދު ބޮޑަށް ފާހަގަ ކުރެވެނީ އަމިއްލަ ފަރާތްތަކުން ކުނި ޖަމާކުރާ ތަނެއްގެ ގޮތުގައެވެ. އެގޮތުން އެ ސަރަހައްދުގެ އެކި ތަންތަނަށް ކުނި އަޅައި ގޮނޑުކޮށްފައިވާއިރު، އެ ސަރަހައްދުގައި ގިނަ ވެހިކަލުތަކެއް ވެސް ޕާކުކޮށްފައިހުރެއެވެ. އޭގެ ތެރޭގައި ބޭނުން ނުކުރެވޭ ހާލަތުގައި ހުންނަ ވެހިކަލުތައް ވެސް އެ ސަރަހައްދުގައި ތިބެއެވެ.
ގުޅުންހުރި

ސަރުކާރުގެ އިދާރާއަކަށް މަސްތުވާތަކެތި ވައްދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ބަނގުރާ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން 2 މީހަކު ހައްޔަރުކޮށްފި

މާލެ ސަރަހައްދުގައި ކުނި ގިނަވާތީ، އެ ކަމަށް އަވަސް ހައްލެއް ހޯދަން ކައުންސިލަރުން ވެމްކޯއަށް




