logoEN
cocacola
ތިލަފުށިން ހަމައެކަނި ދވެހިންނަށް ބިން ވިއްކަން ހުޅުވާލައިފި

ތިލަފުށިން ހަމައެކަނި ދވެހިންނަށް ބިން ވިއްކަން ހުޅުވާލައިފި

# ތިލަފުށި

ތިލަފުށި

ތިލަފުށީގެ އެއްވަނަ ފިޔަވައްސާއި ދެވަނަ ފިޔަވަހިން ސިނާއީ ބެނުމަށް ކަނޑާފައިވާ ބިން، ހަމައެކަނި ދިވެހިންނަށް ވިއްކުމަށް ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.

ގޮސިޔާ

ދިވެހި އަމިއްލަ ފަރާތްތަކާއި ކުންފުނިތަކަށް ހުޅުވާލި މި ފުރުސަތުގައި، ތިލަފުށީގެ ދެވަނަ ފިޔަވަހިން ސިނާއީ ބޭނުންތަކަށް ވިއްކުމަށް ހަމަޖެހިފައިވަނީ ތިލަފުށީ ޒޯން އޭ ގެ އޭރިޔާ ބީ ގައި މިހާތަނަށް ނުވިކިހުރި ބިންތަކެވެ.

ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހުޅުވާލި މި ފުރުސަތުގައި ވިޔަފާރީގެ އެކި ބޭނުންތަކަށް ދޫކުރާ ބިމުގެ ގޮތުގައި ތިލަފުށީގެ ޖުމުލަ 108 ބިން ވިއްކުމަށް ކަނޑައެޅިފައިވެއެވެ. އޭގެ ތެރޭގައި ތިން ބާވަތެއްގެ ބިން ހިމެނެއެވެ. އެއީ:

  1. ބާވަތް 1 - 2500-4999 އަކަފޫޓުގެ 64 ބިން
  2. ބާވަތް 2 - 5000-9999 އަކަފޫޓުގެ 42 ބިން
  3. ބާވަތް 3 - 10000-14999 އަކަފޫޓުގެ 2 ބިން

އެޗްޑީސީން ބުނި ގޮތުގައިި މި ބިންތައް ވިއްކުމުގެ މަސައްކަތް ކުރިއަށްދާނީ ބިޑު މަރްހަލާގެ ދަށުންނެވެ. އެގޮތުން މި ބިންތައް ގަތުމަށް ބީލަން ހުށަހެޅޭ އެންމެ ކުޑަ އަގަކީ 1،700 ރުފިޔާއެވެ. މި ބިޑަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން އެޗްޑީސީގެ ބިޑް ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.

މީގެ އިތުރުން، ތިލަފުށީގެ ފުރަތަމަ ފިޔަވަހިން ބިން ކުއްޔަށް ނަގާފައިވާ ފަރާތްތަކަށް، ބިން މިލްކުކުރެވޭ ގޮތަށް ބިން ގަތުމުގެ ފުރުސަތު ވެސް އެޗްޑީސީން ވަނީ ހުޅުވާލާފައެވެ. އެގޮތުން ބިން ގަތުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ތިލަފުށީގެ ފުރަތަމަ ފިޔަވަހިން 5،000 އަކަފޫޓު ނުވަތަ އެއަށް ވުރެ ބޮޑެތި ބިން ކުޔަށް ނަގާފައިވާ ފަރާތްތަކަށެވެ.

އެ ބިންތައް މިލްކު ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުގެ އިތުރުން، ތިލަފުށީގެ ދެވަނަ ފިޔަވަހިން ސިނާއީ ބޭނުންތަކަށް ވިއްކުމަށް ހަމަޖެހިފައިވާ ބިމުގެ ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އަށް އީމެއިލް ކުރުމަށް އެ ކުންފުނިން އެދެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ