logoEN
Sto top
ކުރިއަށް އޮތް ދެ ހަފްތާ ތެެރޭގައި ތިނަދޫ އަދި ކުޅުދުއްފުށީގެ ވޭސްޓް ކަލެކްޝަން ފެށޭނެ - ވެމްކޯ

ކުރިއަށް އޮތް ދެ ހަފްތާ ތެެރޭގައި ތިނަދޫ އަދި ކުޅުދުއްފުށީގެ ވޭސްޓް ކަލެކްޝަން ފެށޭނެ - ވެމްކޯ

# ވެމްކޯ# ތިނަދޫ ސިޓީ# ކުޅުދުއްފުށި ސިޓީ# ކުނީގެ މައްސަލަ

ވެމްކޯގެ އެމްޑީ

ކުރިއަށް އޮތް ދެހަފްތާ ތެރޭގައި ކުޅުދުއްފުއްޓާއި ތިނަދޫގައި ކުނި ނަގަން ރަސްމީކޮށް ފެށިގެން ދާނެ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލް ވިދާޅުވެއްޖެ އެވެ.

Wamco

މުޖްތަބާ ވިދާޅުވީ އަތޮޅު ތެރޭގައި ވެމްކޯގެ އޮފީސްތައް ގާއިމްކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި, ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަސްތެރޭގައި ކުޅުދުއްފުށި ސިޓީ އަދި ތިނަދޫ ސިޓީގެ ކުނި ނެގުމުގެ ހިދުމަތް ފެށިގެން ދާނެ ކަމަށެވެ.

ވެމްކޯ އިން އަންނަނީ, ތިނަދޫ ސިޓީ އާއި ކުޅުދުއްފުށި ސިޓީގައި ހިދުމަތް ފެށުމަށް ތައްޔާރުވަމުންނެވެ. މިގޮތުން ކުނި ނެގުމަށް ރަޖިސްޓްރީކުރުމާއި, ވޭސްޓް ކަލެކްޝަން ސެންޓަރު ތައްޔާރުކޮށް ރަށްރަށަށް ބޭނުންވާ ވެހިކަލްތައް ފޮނުވުމާއި, މުވައްޒަފުން ތަމްރީން ކުރުމުގެ މަސައްކަތް އެކުންފުނިން އަންނަނީ ކުރަމުންނެވެ.

ވެމްކޯއިން ތިނަދޫއާއި ކުޅުދުއްފުށީގެ ހިދުމަތް ފެށުމާއެކު, މި ދެ ސިޓީގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެން ދާނެ ކަމަށް ވެމްކޯއިން ބުނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside