logoEN
Sto top
ހޯރަފުށީގައި ވެމްކޯގެ ހިދުމަތް ފެށުމަށްޓަކައި ކައުންސިލާއިއެކު ފުޅާ މަޝްވަރާތަކެއް!

ހޯރަފުށީގައި ވެމްކޯގެ ހިދުމަތް ފެށުމަށްޓަކައި ކައުންސިލާއިއެކު ފުޅާ މަޝްވަރާތަކެއް!

އަހުމަދު ޝުރާއު

logo

5/25/2025, 1:05:01 PM

# ވެމްކޯ

--

ހއ ހޯރަފުށީގައި ވެމްކޯގެ އޮޕަރޭޝަންތައް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކަށް އެކުންފުނީގެ ޓީމެއް އެރަށަށް ގޮސްފި އެވެ.

Wamco

ވެމްކޯގެ ހިދުމަތްތައް ހޯރަފުށީގައި ފެށުމަށްޓަކައި ވަމުންދާ ތައްޔާރީތަކަށް އެރަށަށް މިއަދު ދިޔަ ވެމްކޯގެ ޓީމުގައި އެކުންފުނީގެ ބައެއް އިސްވެރިންނާއި ޓެކްނިކަލް މުވައްޒަފުން ހިމެނެއެވެ.

އެގޮތުން މިއަދު އެރަށަށް ދިޔަ ޓީމުން ވަނީ ޚިދުމަތްތައް ފެށުމުގެ ތައްޔާރީތަކާ ގުޅޭގޮތުން މަޢުލޫމާތު ޙިއްސާކުރުމަށްޓަކައި އެރަށުގެ ކައުންސިލާއި އެކު ފުޅާ މަޝްވަރާތަކެއް ކުރިޔަށް ގެންގޮސްފައި އެވެ. ވެމްކޯއިން ބުނީ އެ ބައްދަލުވުމުގައި، ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަނޑައެޅިފައިވާ ތާވަލާއި، ޚިދުމަތްތައް ފެށުމަށް ހަމަޖެހިފައިވާ ޓައިމްލައިން، އަދި ޚިދުމަތްތައް ކާމިޔާބުކަމާއެކު ހިންގުމުގެ ތައްޔާރީތަކާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށެވެ.

ހއ އަތޮޅަށް ވެމްކޯގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާއިރު ދާދި އަވަހަށް އެއަތޮޅު ދިއްދޫގައި ހިދުމަތް ފެށުމަށް ވަނީ ނިންމާފައި އެވެ. އެގޮތުން އެހިދުމަތަށް ބޭނުންވާ ހުރިހާ އާލާތެއް އެރަަށަށް ގެންގޮސްފައިވާއިރު މިހާރު ކުރިޔަށްދަނީ ހިދުމަތް ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside