logoEN
Sto top
ކުޅުދުއްފުށީ ސިޓީގައި ތަރައްޤީކުރާ ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރުގެ ބިންގާ އަޅައިފި

ކުޅުދުއްފުށީ ސިޓީގައި ތަރައްޤީކުރާ ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރުގެ ބިންގާ އަޅައިފި

އަހުމަދު ޝުރާއު

logo

5/28/2025, 3:31:53 PM

# ކުޅުދުއްފުށި ސިޓީ

--

ކުޅުދުއްފުށީ ސިޓީގައި ތަރައްޤީކުރާ ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރުގެ ބިންގާ އަޅައިފި އެވެ.

Wamco

މި ސެންޓަރުގެ ބިންގާ އަޅާފައިވަނީ މަތީ ތައުލީމާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ ހައިދަރު އަލީ މިހާރު ކުޅުދުއްފުއްޓަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު އެވެ. އެގޮތުން މި ސެންޓަރުގެ ބިންގާ އަޅުއްވައި ދެއްވީ ވަޒީރު ހައިދަރު އެވެ. މި ރަސްމިއްޔާތުގެ ކުޅުދުއްފުށީ ސިޓީގެ މޭޔަރާއި މި މަޝްރޫއު ހަވާލުކޮށްފައިވާ އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ވެސް ބައިވެރިވަޑައިގެންނެވި އެވެ.

ކުޅުދުއްފުށި ސިޓީގައި ބިނާކުރެވޭ ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރުގެ މަސައްކަތް އާރްޑީސީ އާއި ހަވާލުކޮށްފައިވަނީ މާޗު މަހުގެ 12 ވަނަ ދުވަހު އެވެ.

މި ސެންޓަރު ތަރައްޤީކުރަނީ 35،777.88 އަކަފޫޓުގެ ޖާގައެއްގައި އެވެ. އެގޮތުން މި ސެންޓަރުގައި މަލްޓި-ޕާޕަސް ވޯކްޝޮޕަކާއި، 7 ކްލާސްރޫމް އަދި އައިސީޓީ ލެބެއް ހުންނާނެއެވެ. މީގެ އިތުރުން އިދާރީ ހިދުމަތްތަކަށް ހާއްސަ ބަޔަކާއި، ދަރިވަރުންގެ ހިދުމަތްތަކަށް ހާއްސަ ބަޔަކާއި، ސްޓާފް ރޫމަކާއި، މީޓިންގ ރޫމްތަކަކާއި، ކިޔަވާ ކޮޓަރިތަކަކާއި، ކުތުބުޚާނާއެއްގެ އިތުރުން އޮޑިޓޯރިއަމްއެއްވެސް މި ސެންޓަރުގައި ތަރައްގީކުރެވިގެންދާނެ އެވެ.

މި ސެންޓަރުގައި ބިނާކުރެވޭ ދަނާލުގައި 32 ޝެއާރިންގ ރޫމް ހުންނައިރު ކެއިން ބުއިމުގެ އިންތިޒާމުތަކާއި، އަންނައުނު ދޮވެވޭނެ ވަސީލަތްތަކާއި އެކިކަހަލަ ކުޅިވަރު ކުޅެވޭނެ އިންތިޒާމުގެ އިތުރުން ޖިމެއްވެސް ހުންނާނެއެވެ. އަދި ދަރިވަރުން ނަމާދުކުރުމަށް ޚާއްޞަ ކޮޓަރިއަކާއި، ފާޚާނާއާއި ލިފްޓުގެ އިންތިޒާމުވެސް މި ސެންޓަރުގައި ހުންނާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside