
--
ވެމްކޯ އިން މިދިޔަ އަހަރު ފެށި "ހޮބާ" ހިދުމަތާއި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން ގުޅިއްޖެ އެވެ.

ހޮބާ ހިދުމަތް ހޯދުމާއި ބެހޭ އެއްބަސްވުމެއްގައި އެމްއެމްޕީއާރްސީއިން މިއަދު ވަނީ ވެމްކޯއާއި އެކު ޙާއްސަ އެއްބަސްވުމެއްގައި ސޮއިކޮށްފައި އެވެ.
މިގޮތުން މި އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލް އެވެ. އަދި އެމްއެމްޕީއާރްސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝިއުރީ އެވެ.
ވެމްކޯއިން ބުނީ މި އެއްބަސްބުމުގެ ދަށުން އެމްއެމްޕީއާރްސީގެ އޮފީސްތައް ފޮޅައި ސާފުކުރުމުގެ ޚިދުމަތް މިހާރުން ފެށިގެން ފޯރުކޮށްދޭނީ އެކުންފުނީން ކަމަށެވެ.
ހޮބާ ހިދުމަތަކީ ވެމްކޯއިން ދެމުންދާ ހިދުމަތްތައް ފުޅާކުރުމަށްޓަކައި ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ވިޔަފާރިތަކަށްވެސް ޚާއްސަކޮށްގެން އެކުންފުނިތަކުގެ އޮފީސްތަކާއި އިމާރާތްތައް ފޮޅާ ސާފުކުރުމަށްޓަކައި ފެށި ހިދުމަތެކެވެ. ހޮބާގެ ނަމުގައި ވެމްކޯއިން ހިދުމަތްދޭން ފެށީ މިދިޔަ އަހަރުގެ ތެރޭގައި އެވެ. އެގޮތުން މި ހިދުމަތް މިހާރުވެސް ވެމްކޯއިން ދަނީ 20 ވަރަކަށް ކުންފުންޏާއި މުވައްސަސާއަށް ފޯރުކޮށްދެމުންނެވެ.
ގުޅުންހުރި

ވެމްކޯގެ ހޮބާ ހިދުމަތް އެމްއެމްޕީއާރްސީއަށް!

ހޯރަފުށީގައި ވެމްކޯގެ ހިދުމަތް ފެށުމަށްޓަކައި ކައުންސިލާއިއެކު ފުޅާ މަޝްވަރާތަކެއް!

މުވައްޒަފުންގެ ޕެންޝަން ހައްގަށް އުނިކަމެއް ނާންނާނެހެން ފައިސާ ދަނީ ދައްކަމުން، ދައުރުވަމުންދަނީ ދޮގު ވާހަކަތަކެއް - ވެމްކޯ
