ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 34,600 އަށް
އައިޝަތު އިފާޝާ
5/2/2024, 9:25:31 AM
ޔަހޫދީ އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާއެއް
ޔަހޫދީ އިސްރާއީލުން މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ފަަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 34,600 އަށް އަރާކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ޣައްޒާގައި ހުންނަ ފަަލަސްތީނުގެ ސިއްޙަތާބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި, އޮކްޓޯބަރ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޔަހޫދީންގެ ހަމަލާތަކުގައި މިހާތަނަށް 34,596 މީހުން ޝަހީދުވެފައިވާ ކަމަށެެވެ.
އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 28 މީހުން ޝަހީދުވެ 51 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އަދި ޒަޚަމްވި މީހުންގެ އަދަދު 77,816 އަށް އަރާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.