
އަލް-އަޢިންގެ ވެރިޔާ އަވަހާރަވުމާ ގުޅިގެން ރައީސްގެ ތަޢުޒިޔާ އަރަބި އިމާރަތުގެ ރައީސަށް
# ޔޫއޭއީ# ރައީސް މުއިއްޒުއަލް އައިންގެ ވެރިޔާ ޝެއިޚް ތަހްނޫން ބިން މުހައްމަދު އަލް ނަހްޔާން
އެކުވެރި އަރަބި އިމާރާތުް (ޔޫއޭއީ)ގެ ސިޓީއެއް ކަމަށްވާ އަލް-އަޢިންގެ ވެރިޔާ ޝެއިޚް ތަހްނޫން ބިން މުހައްމަދު އަލް ނަހްޔާން އަވަހާރަވުމާ ގުޅިގެން އެޤައުމުގެ ރައީސް ހިޒް ހައިނެސް ޝެއިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ.

ތަޢުޒިޔާ ފޮނުއްވަމުން ރައީސް މުޢިއްޒު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޔޫއޭއީގެ ރައީސް އައްޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާނާއި އާއިލާއަށް، ދިވެހި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަން ފުޅުގައި ތަޢުޒިޔާއާއި ހަމްދަރުދަނީ ދަންނަވާ ކަމަށެވެ. އަދި އަވަހާރަވި ޝެއިޚް ތަހްނޫން ބިން މުހައްމަދު އަލް ނަހްޔާންގެ ހިންގުންތެރިކަމާއި ބުއްދުވެރިކަމުން އެގައުމަށާއި މުޅި ދުނިޔެއަށް ވެސް ހިތްވަރު ލިބިގަތުމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
1942 ވަނަ އަހަރު އުފަންވެވަޑައިގަތް ޔޫއޭއީގެ އަލް-އަޢިންގެ ވެރިޔާ ޝެއިޚް ތަހްނޫން ބިން މުހައްމަދު އަލް ނަހްޔާން އަވާހަރަވެފައިވަނީ ރޭގެ ވަގުތެއްގައި، އުމުރުފުޅުން 82 އަހަރުގައެވެ. ޝެއިޚް ތަހްނޫނު އަވަހާރަވުމާ ގުޅިގެން އެގައުމުގައި ވަނީ ހިތާމަފާޅުކުރުމުގެ ހަތް ދުވަސް އިއުލާންކޮށްފައެވެ. އަދި އެގައުމުގެ ދިދަ ވެސް ވަނީ ބައި ދަނޑިއަށް ތިރިކޮށްފައެވެ.
ގުޅުންހުރި

ޔޫއޭއީގެ ޤައުމީ ތެޔޮ ކުންފުނީގެ އުޅަނދަކަށް މިސައިލް ހަމަލާއެއް ދީފި

ރައީސް ޔާމީނުގެ ވެރިކަމުގައި ދައުލަތް ހިންގީ ހައުސިންގ މިނިސްޓްރީ ތެރެއިން: މެންބަރު ޝުޖާއު

ސިޔާސީ މަސްރަޙު ހަލަބޮލިކުރަން އުޅޭ ފަރާތްތަކަށް ފުރުޞަތު ނުދީ، މާޒީން ޢިބުރަތް ޙާޞިލުކުރަންޖެހޭ - ރައީސް




