
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ޤައުމީ ތެޔޮ ކުންފުނި، އަބޫދާބީ ނޭޝަނަލް އޮއިލް ކޮމްޕެނީ (އެޑްނޮކް) ގެ އުޅަނދަކަށް ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރަނިކޮށް މިސައިލް ޙަމަލާއެއް ދީފިއެވެ.

ޔޫއޭއީގެ ދައުލަތުގެ ނިއުސް އޭޖެންސީ (ވަމް) އިން ހާމަކޮށްފައިވާ ގޮތުގައި، މި ޙަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އަދި ޙަމަލާއަށްފަހު އުޅަނދުގެ ކަންކަން ވަނީ ކޮންޓްރޯލްގެ ދަށަށް ގެނެވިފައެވެ.
ދުނިޔޭގެ ތެލުގެ ބާޒާރަށް އެންމެ މުހިންމު ސަރަޙައްދު ކަމަށްވާ ހޮރްމުޒް ކަނޑުއޮޅީގައި މިފަދަ ޙަމަލާތައް އިތުރުވުމާ ގުޅިގެން، ކަނޑުމަގުން ކުރާ ދަތުރުފަތުރުގެ ރައްކާތެރިކަމާމެދު ބައިނަލްއަޤްވާމީ ފެންވަރުގައި ވަނީ ބޮޑު ކަންބޮޑުވުމެއް އުފެދިފައެވެ.
އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމަ އިންތިހާއަށް ވަރުގަދަވެފައިވާއިރު، އީރާނުގެ އަސްކަރިއްޔާއިން ވަނީ އިސްރާއީލަށާއި އެމެރިކާގެ މަޞްލަޙަތުތަކަށް ބަދަލުހިފުމުގެ ޙަމަލާތައް ދޭނެކަމުގެ އިންޒާރުދީފައެވެ.
މެދުއަރާމަތީގެ މަޝްރަހު ހޫނު ވަމުންދާ މި ދަނޑިވަޅުގައި، ސަޢޫދީ ޢަރަބިއްޔާއާއި، ޕާކިސްތާން އަދި ތުރުކީވިލާތުން ގުޅިގެން ވަނީ މައްކާގައި "މައްކާ ޖޮއިންޓް ޑިޓަރެންސް އެގްރީމަންޓް" ގެ ނަމުގައި ދިފާޢީ ތާރީޚީ މުޢާހަދާއެއްގައި ސޮއިކޮށްފައެވެ. މިއީ ސަރަޙައްދީ ސަލާމަތާއި ބާރުގެ މިޒާނަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމެއްގެ ގޮތުގައި މަޝްރަހު ދިރާސާކުރާ ފަރާތްތަކުން އަންނަނީ ސިފަކުރަމުންނެވެ.
ގުޅުންހުރި

ޔޫއޭއީގެ ޤައުމީ ތެޔޮ ކުންފުނީގެ އުޅަނދަކަށް މިސައިލް ހަމަލާއެއް ދީފި

ޔޫއޭއީގެ ޕެޓްރޯލިއަމް ސައިޓަކަށް ޑްރޯން ހަމަލާއެއް އަމާޒުވެއްޖެ: ތުހުމަތު އިރާނަށް!

އެމިރޭޓްސް ރެޑް ކްރެސެންޓުން ފިޠުރު ޒަކާތުގެ ގޮތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ހަދިޔާކުރި ފައިސާ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް!




