
--
ހައްޖު ދަތުރުކުރުމަށް ހޭދަވާ މިންވަރު ކުޑަ ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަކީލް ވިދާޅުވީ, ޙައްޖު ފަންޑުގެ ނަމުގައި ޚާއްސަ ފަންޑެއް ގާއިމްކޮށް ޙައްޖަށް ދިއުމަށް ރައްޔިތުންކުރާ ހޭދަ ކުޑަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ.
ޙައްޖު ފަންޑުން އެކިއެކި އިންވެސްޓްމަންޓްތައް ކޮށް ކުންފުޏަށް އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ހޯދައި، މާލީ ގޮތުން ވަރުގަދަ ކުންފުންޏަކަށް ޙައްޖު ކޯޕަރޭޝަން ހަދައި ޙައްޖަށް ދިއުމަށް ދިވެހި ރައްޔިތުން ކުރާ ހޭދަ ކުޑަކުރުމަށް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓްތަކާއެކު ހައްޖު ދަތުރުތަކުގެ އަގުހެޔޮ ކުރުމުގެ މަސައްކަތް ހައްޖު ކޯޕަރޭޝަނުން މިހާރު ފަށާފައިވާ ކަމަށް ޝަކީލް ވިދާޅުވި އެވެ.
ކުރިއަށް އޮތް ތަނުގައި ހައްޖު ކޯޕަރޭޝަނަށް ގެންނަ ބަދަލުތަކާއެކު ރާއްޖެއިން ހައްޖާއި އުމްރާއަަށް ގެންދިޔުމުގެ އަގުކުޑަ ކުރައްވާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އަދި މި ސަރުކާރާއި ހަވާލުވުމާއި އެކު ޙައްޖުގެ އަގު ކުޑަކުރުމަށް އިސްލާމިކް މިނިސްޓްރީއިންވެސް ވަނީ މަސައްކަތްތަކެއް ފަށާފައެވެ.
ގުޅުންހުރި

ދިވެހި އުމްރާވެރިންގެ ތެރޭގައި ހިމެނޭ ތުއްތު ކުދިންނަށް ޚާއްސަ ހަވީރެއް!

ހައްޖު ކޯޕަރޭޝަނުން ތަރައްޤީކުރާ "ނިޢަމް ރެސިޑެންސް" މަޝްރޫޢުގެ ޑިޒައިން ޚިދުމަތްތައް ފޯރުކޮށްދިނުން އެފްޑީސީއަށް!

ހައްޖު ކޯޕަރޭޝަނުގެ "މުވައްޒަފުންގެ ސްކީމް"ގައި ވެމްކޯއިން ބައިވެރިވެއްޖެ
