
ޖަޕާނުގެ ހާރިޖީ ވަޒީރު
ޖަޕާނުގެ ޚާރިޖީ ވަޒީރު ޔޯކޯ ކަމިކަވާ އަވަށްޓެރި ސްރީލަންކާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ލަންކާގެ ހާރިޖީ ވުޒާރާއިން މިއަދު ބުނީ އަންނަ މަހުގެ 04 އިން 05 އަށް ސްރީލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ޖަޕާނުގެ ޚާރިޖީ ވަޒީރު ޔޯކޯ ކަމިކަވާ ނިންމަވާފައިވާ ކަމަށެވެ.
ޖަޕާނުގެ ޚާރިޖީ ވަޒީރުގެ އެ ދަތުރުފުޅުގައި ރައީސް ރަނިލް ވިކްރަމަސިންހައާއި ބޮޑުވަޒީރު ދިނޭޝް ގުނަވަރުދަނާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެކަމަނާގެ މި ދަތުރުފުޅުގައި އެކަމަނާގެ ވަފުދުން ސްރީލަންކާގެ ޚާރިޖީ ވަޒީރު ޢަލީ ސަބްރީއާ ވެސް ރަސްމީ މަޝްވަރާތަކެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ފޮރިން މިނިސްޓަރު ޔޮކޯ ކަމިކަވާ ސްރީލަންކާއަށް ކުރައްވާ މި ދަތުރުފުޅުގައި ޖަޕާނުގެ ފޮރިން މިނިސްޓްރީގެ އިސް ވެރިން ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ގުޅުންހުރި
.webp&w=3840&q=75)
ވޯލްޑް ކަޕް ދަނޑުތަކުން ފެށިގެން މަގުމަތީ ކާނުތަކާ ހަމައަށް: ޖަޕާނު މީހުންގެ އާދަޔާޚިލާފު ސާފުކަމުގެ ސިއްރު!

އިންޑިއާއިން ލަންކާއަށް 5.5 މިލިއަން ޑޮލަރުގެ އަސްކަރީ އަދި ސިއްހީ ސާމާނު ހަދިޔާކޮށްފި

ސްރީލަންކާގެ ކަނޑުގެ ސަރަޙައްދުތަކަށް ގަދަވައިގެ ބާރުގަދަ އިންޒާރެއް: ކަނޑުދަތުރުފަތުރު ކުރުން މަނާކޮށްފި




