logoEN
cocacola
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ޚާއްސަ މަސައްކަތެއް އަންނަ މަހު ފަށަނީ

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ޚާއްސަ މަސައްކަތެއް އަންނަ މަހު ފަށަނީ

އަހުމަދު ޝުރާއު

logo

4/29/2024, 5:29:25 PM

# މިނިސްޓަރ އިހްސާން

ބިދޭސީން

ރާއްޖެއަށް ދިމާވެފައިވާ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާންތައް ނަގައި ވޯކް ޕާމިޓާއި ދިމާކުރުމުގެ މަސައްކަތް ފެށުމަށް ސަރުކާރުން ތައްޔާރުވެއްޖެ އެވެ.

ގޮސިޔާ

ސަރުކާރުން ކުރިޔަށްގެންދާ "އަހާ" ފޯރަމްގައި ހޯމްލޭންޑް މިނިސްޓަރ އަލީ އިހްސާން މިރޭ ވިދާޅުވީ ރާއްޖޭގައި ތިބި ބިދޭސީންގެ ޖުމްލަ އަދަދު އަދިވެސް ކަށަވަރު ނުކުރެވޭ ކަމަށާއި އެހެންކަމުން އެކަން ހައްލު ކުރުމަށް އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާން ނަގައި ވޯކް ޕާމިޓްތަކާ ދިމާކުރުމުގެ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މި މަސައްކަތް ފެށުމަށް ނިންމާފައިވަނީ އަންނަ މަހުގެ 2 ވަނަ ދުވަހު ކ ހިންމަފުށިން ކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ކުރިޔަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގައި މި މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މި މަސައްކަތުގެ ތެރެއިން ބިދޭސީންގެ ހުރިހާ އިނގިއްޔެއްގެ ނިޝާން ޑޮކިއުމެންޓް ކުރެވި ބިދޭސީ މީހާގެ ފޮޓޯވެސް ޑޮކިއުމެންޓް ކުރެވިގެންދާނެ ކަމަށެވެ.

"މިކުރާ މަސައްކަތަކީ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީން، ހާއްސަކޮށް އަންސްކިލްޑް ލޭބަރ މިކިޔާ ކެޓަގަރީގައި ތިބި ހުރިހާ ބިދޭސީންގެ ދިހަ އިނގިލީގެ ނިޝާން ނަގާފައި އެމީހުންގެ ފޮޓޯއެއް ނަގާފައި އަޅުގަނޑުމެންގެ އަތުގައި މިހާރު ހުރި ވޯކްޕާމިޓް ރެކޯޑުތަކާ އެމީހުންނާ ދިމާކުރަނީ. މީގެ ތެރޭގެ ބައެއް މީހުންނަކީ މިދެންނެވި ރެކޯޑް ތެރޭގައިވެސް ނެތް މީހުން. އެހެންވީމަ މި މީހުން މި ރެކޯޑުތެރެއަށްނަގާފައި މިވަގުތު ގަވާއިދާ ޚިލާފަށް ތިބީ ކޮން ބައެއްތޯ. އޭނަ ހުރީ ކޮންތާކުތޯ، ކާކުގެ ބެލުމުގެ ދަށުގައިތޯ. ނުވަތަަ އެއްވެސް މީހެއްގެ ބެލުމުގެ ދަށުގައި ނޫން ގޮތަކަށްތޯ." ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.

މި މަސައްކަތުގެ ތެރެއިން ބިދޭސީ މީހާ ރާއްޖެ ގެނައީ ކޮން ފަރާތަކުންކަން ދެނެގަނެވިގެންދާނެ ކަންވެސް މިނިސްޓަރ ފާހަގަކުރެއްވި އެވެ. މި މަސައްކަތުގެ ތެރެއުން ގަވާއިދާ ޚިލާފަށް އުޅޭކަމަށް ފާހަގަކުރެވޭ ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަނުމަށް ފުރުޞަތު ދޭނެ ކަމަށާއި އެ ފުރުޞަތުގެ ބޭނުން ނުހިފާނަމަ ޑީޕޯޓް ކުރުމަށް ނިންމަވާފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން އެއްވެސް ގޮތަކަށް ކާކުކަން އެނގޭފަދަ ލިޔެކިޔުމެއް ނެތް ފަރާތްތައް ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު އެކި އެމްބަސީތަކާ ގުޅިގެން ދެނެގަނެ، ޓްރެވަލް ޑޮކިއުމަންޓެއް ހަދައި ވަގުތުން ޑީޕޯޓް ކުރެވޭނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ދޭސީންގެ މަޢުލޫމާތު ބެލެހެއްޓުމުގެ ކަންކަން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މިހާރަށްވުރެ ހަރުދަނާކުރުމަށް މަސައްކަތްކުރައްވަމުންދާކަންވެސް ފާހަގަކުރައްވާފައި އެވެ.

މިނިސްޓަރ ވިދާޅުވީ 3 އަހަރު ދުވަހުގެ ތެރޭގައި ބިދޭސީންގެ މައްސަލައަށް ހައްލު ލިބިގެންދާނެކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ