
ރާއްޖެ އާ ދުނިޔޭގެ އެހެން ގައުމުތަކާ ގުޅުވައިދޭ މައި ތަނބަކީ ފަތުރުވެރިކަން - ޒަމީރު
# ފަތުރުވެރިކަން-
ރާއްޖެ އާ ދުނިޔޭގެ އެހެން ގައުމުތަކާ ގުޅުވައިދޭ މައި ތަނބަކީ ފަތުރުވެރިކަން ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޒަމީރު މިހެން ވިދާޅުވީ, މިއަދު ފާހަގަކުރާ ދުނިޔޭގެ ފަތުރުވެރިކަމާއި ބެހޭ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރ ވިދާޅުވީ, ފަތުރުވެރިކަމަކީ ދިވެހިރާއްޖެއާއި އެހެން ގައުމުތަކާއި ގުޅުވައިދޭ މައި ތަނބު ކަމަށެވެ. އަދި ފަތުރުވެރިކަން މުހިންމުވަނީ ހަމައެކަނި ރާއްޖޭގެ އިގްތިސާދަށް ނޫން ކަމަށާއި, ، އެއީ ބައިނަލްއަގުވާމީ މުޖްތަމައުގައި އެއްބައިވަންތަކަން ޤާއިމުކޮށް، އެހެން ޤައުމުތަކާއެކު ގުޅުން ބަދަހިކުރުމުގެ ވަސީލަތެއް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ތަފާތު ސަގާފަތްތަކުގެ ގައުމުތައް އެއްބައި ކުރުމަގައާއި އަމާންކަން ފެތުރުމުގައި ފަތުރުވެރިކަން ވަރަށް މުހިންމު ދައުރެއް އަދާކުރައްވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވި އެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ, ރާއްޖެއިން މަސައްކަތް ކުރަނީ އެންމެންނަށްވެސް ފައިދާވާގޮތަށް ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވަން ކަމަށެވެ.
ގުޅުންހުރި
.webp&w=3840&q=75)
އައި.ޓީ.ބީ ބަރލިން 2025: ރާއްޖެއިން ދެމެހެއްޓެނިވި ފަތުރުވެރިކަމަށް އިތުރު އަޒުމެއް!

އަހަރުގެ ފުރަތަމަ ޓޫރިސްޓަކަށް ސްޕެއިންގެ މީހެއް: ރާއްޖެ އައި 11 ވަނަ ފަހަރު!

ރާއްޖެއަށް މިއަހަރުގެ ދެ މިލިއަން ވަނަ ފަތުރުވެރިޔާ އަތުވެއްޖެ: މިއީ ރާއްޖޭގެ ތާރީހުގައިވެސް ރެކޯޑެއް!
