
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު---
ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސް ޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހީނާ ވިދާޅުވީ, ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ ވާހަކަ ވަރަށް ގިނަ ފަރާތްތަކުން އެކި ގޮތްގޮތައް ދައްކަމުން އަންނަ ކަމަށާއި, ސިޔާސީ މަގާމުތަކުގެ އަދަދު ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށެވެ.
"ސިޔާސީ މަގާމުތަކުގެ ވާހަކަ ވަރަށް ގިނަ ގޮތްގޮތަށް ވަރަށް ގިނަ ބަޔަކު އެބަ ދައްކާ. ދެން މީގައި އިރާދަކުރެއްވިއްޔާ އަޅުގަނޑު ވަރަށް އަވަހަށް ސިޔާސީ މަގާމުތަކުގެ އެކްޒެކްޓް ފިގާ ތިބޭފުޅުންނާ ހަމައަށް ފޯރުކޮށްދޭނަން." ހީނާ ވިދާޅުވިއެވެ.
މި ސަރުކާރުގައި ސިޔާސީ މަގާމްތައް ގިނަ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް މި ސަރުކާރަށް ވަނީ އަމާޒުވެފައެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަނީ މި ސަރުކާރުގެ ސިޔާސީ މަގާމްތައް ގިނަ ކަމަށާއި, ދައުލަތުގެ ބަޖެޓުން ބޮޑު ހަރަދެއް އެކަމަށް ހޭދަވާ ކަމަށެވެ.
ކޮންމެ ސަރުކާރެއްގައިވެސް ސިޔާސީ މަގާމްތައް ގިނަކަމަށް ބުނެ އާއްމުންގެ ފާޑުކިޔުން އަމާޒުވެއެވެ.
ގުޅުންހުރި

ދާވޫދު ރައީސް އޮފީހުން ސަސްޕެންޑުކޮށް އިޒްދިޔާން މަގާމުން ވަކިކޮށްފި

ދާއޫދު އިސްތިއުފާ ހުށަޙެޅުމުން ޔޫތު އެޑްވައިޒަރީ ބޯޑުން ވަކިކޮށްފި

ކުންފުނިތަކުގެ ވެރިންނާއިއެކު އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރުމަށް ކެބިނެޓުގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި
