
ޚާރިޖީ ވަޒީރު މޫސާ ޒަމީރު
ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު، ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.

ވަޒީރު މޫސާ ޒަމީރުސައުދީއަށް ކުރައްވާ މި ދަތުރުފުޅަކީ އެ ޤައުމުގައި ބާއްވާ "ވޯލްޑް އިކޮނޮމިކް ފޯރަމް ސްޕެޝަލް މީޓިން އޮން ގްލޯބަލް ކޮލާބޮރޭޝަން، ގްރޯތު އެންޑް އެނަރޖީ ފޮރ ޑިވެލޮޕްމަންޓް" ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްކަމަށް ކުރައްވާ ދަތުރުފުޅެއްކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.
ޚާރިޖީ ވުޒާރާއިން ވިދާޅުވީ ގައުމުތައް ގުޅިގެން މަސައްކަތްކުރުން ވަރުގަދަކުރުމާއި ގުޅޭގޮތުން މި ކޮންފަރެންސްގެ ތެރެއިން ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކާއި ބައްދަލުވުންތަކުގައި ޚާރިޖީ ވަޒީރު ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ. އަދި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ އެހެން ޤައުމުތަކުގެ ލީޑަރުންނާއި ޚާރިޖީ ވަޒީރުންނާއި ބައިނަލްއަޤްވާމީ ޖަމިއްުޔާތަކާއި ވިޔަފާރިތައް ތަމްސީލްކުރައްވާ ފަރާތްތަކާއިވެސް ޚާރިޖީ ވަޒީރު ބައްދަލުކުރައްވާ، މަޝްވަރާތައް ބާއްވަވާނެކަމަށްވެސް ވުޒާރާއިން ވިދާޅުވެއެވެ.
ސައުދީގައި ބާއްވާ މި ކޮންފަރެންސަކީ ވޯލްޑް އިކޮނޮމިކް ފޯރަމްއާއި ސައުދީ އަރަބިއްޔާ ގުޅިގެން ބާއްވާ ކޮންފަރެންސްއެކެވެ. މި ކޮންފަރެންސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން، އެކި ދާއިރާތައް ތަމްސީލްކުރާ 700 އެއްހާ ލީޑަރުން ބައިވެރިވާނެއެވެ. އަދި މިވަގުތު ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމާއި ގުޅޭގޮތުން މަޝްވަރާތައް ބާއްވާނެއެވެ.
ގުޅުންހުރި

ހަނގުރާމަ މަހެއްހާ ދުވަހަށް ދެމިގެން ގޮސްފިނަމަ ބޮޑު ގެއްލުމެއް ވާނެ, ގެއްލުން ކުޑަކުރަން ލޯނެއް ނެގުމަށް މަސައްކަތް އެބަކުރެވޭ - ޒަމީރު

ދަރަނި ދައްކަން ބޭނުންކުރަން 566 މިލިއަން ޑޮލަރު އެބަހުރި - ޒަމީރު

އިސްކަންދެނީ ޒިންމާދާރުކަމާއެކު ފައިސާ ހަރަދުކޮށް ޖަވާބުދާރީވަނިވި ގޮތެއްގައި ނަތީޖާ ހާސިލުކުރަން

.gif&w=3840&q=75)



