logoEN
cocacola
ޗިކުންގުންޔާ ފެތުރޭތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ޗިކުންގުންޔާ ފެތުރޭތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

އަލްފާ އަލީ

logo

4/27/2024, 12:13:05 PM

# އެޗްޕީއޭ

--

ރާއްޖޭގައި ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވަމުންދާތީ ސަމާލުވުމަށް ސިއްހީ ކަންތައްތަކާބެހޭ ވަޒީރު ޑރ. އަބްދުﷲ ޚަލީލް އިލްތިމާސްކުރައްވައިފިއެވެ.

ގޮސިޔާ

ހަލީލް ވިދާޅުވީ މިމަހު އެކަނިވެސް ޗިކުންގުންޔާ ޖެހިގެން މާލެ ސަރަހައްދުން މިހާތަނަށް 59 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ކުރިއަށް އޮތީ ވިއްސާރަ މޫސުމަކަށްވާތީ ހާއްސަ ފިޔަވަޅުތަކެއް ނާޅައިފިނަމަ ޗިކުންގުންޏާ ފަތުރާ މަދިރި އުފެދޭ މިންވަރު އިތުރުވާނެ ކަމަށާއި އެފަދަ މަދިރިން ސަލަމާތްވުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ މަދިރި އާލާވާ ތަންތަން ނައްތާލުން ކަމަށް ހަލީލް ވިދާޅުވިއެވެ.

ޗިކުންގުންޏާއަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ވައިރަލް ހުމެކެވެ. މި ބަލި ޖެހުމުން ހުޅުގައި ރިއްސައި ބައެއް ފަހަރު ހުޅު ދުޅަވެ އެކަމުގެ އުނދަގޫ ގިނަ ދުވަސްތަކަކަށް ކުރިމަތިވެއެވެ. މި ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ވައިރަސް އެކުލެވޭ މަދިރި ހަފާތާ 3-7 ދުވަސް ތެރޭގައެވެ.

ހެލްތު ޕްރޮޓެކްޝަންސް އެޖެންސީން ބުނެފައިވަނީ މި ބަލީގެ އަސަރު އެންމެ ބޮޑަށް ކުރަނީ ބަނޑުގައިވާ ދަރިފުޅަށާއި ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން އެކި ބަލިތައް ތަހައްމަލު ކުރާ މިހުންނަށް ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ