
--
އާބާދީގައި 10،000 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ކުޅުދުއްފުށި ސިޓީގައި ޒުވާނުންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނީ، އެ ސިޓީގައި ދިރިއުޅޭ ޒުވާނުންގެ ޑޭޓާބޭސް އެށް އެކުލަވާލުމަށް ނިންމާފައިވަނީ މޯލްޑިވްސް ޕޮލިޓެކްނިކް އިން ކަމަށެވެ.
އެ ޑޭޓާބޭސްގެ ބޭނުމަކީ ޒުވާނުންގެ ތެރެއިން ވަޒީފާ ތަކުގައި އުޅޭ ފަރާތްތައް ދެނެގަތުމާއި އަދި އެއްވެސް ވަޒީފާއެއް އަދާނުކުރާ ފަރާތްތައް ދެނެގަތުން ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ. އަދި އޭގެ އިތުރުން މި ފަރާތްތަކަށް އެކަށީގެންވާ ތަމްރީނު ދިނުމާއި ވަޒީފާގެ ފުރުސަތު ހޯދައި ދިނުންވެސް އެ ދަފްތަރު އެކުލަވާލުމުގެ މަގްސަދުގެ ތެރޭގައި ހިމެނޭކަމަށް ބުނެފައިވެއެވެ.
މިކަމަށް މައުލޫމާތު ދިނުމަށްޓަކައި އުމުރުން 18 އަހަރާއި 45 އަރާއި ދެމެދުގެ އުމުރު ފުރައިގެ މީހުންނަށް ގޫގުލް ފޯމް މެދުވެރިކޮށް ހުށަހެޅޭނެއެވެ.
ގުޅުންހުރި

ކޭއާރުއެޗް ގެ ޓާޝަރީ އެކްސްޕެންޝަން ޕްލޭން ކުޅުދުއްފުށީ ސިޓީ ކައުނސިލާ ހިއްސާކޮށްފި

"އަގު އެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމުގެ" ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ކުޅުދުއްފުށި ސިޓީގައި ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާއެއް ހަދަނީ
