logoEN
PNC TOP 3
ކޭއާރުއެޗް ގެ ޓާޝަރީ އެކްސްޕެންޝަން ޕްލޭން ކުޅުދުއްފުށީ ސިޓީ ކައުނސިލާ ހިއްސާކޮށްފި

ކޭއާރުއެޗް ގެ ޓާޝަރީ އެކްސްޕެންޝަން ޕްލޭން ކުޅުދުއްފުށީ ސިޓީ ކައުނސިލާ ހިއްސާކޮށްފި

އަހުމަދު ޝުރާއު

logo

3/18/2025, 3:28:06 PM

# ކުޅުދުއްފުށި ސިޓީ

--

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާރޝަރީ ފެންވަރަށް ޚިދުމަތް ދިނުމަށް ތަރައްޤީ ކުރުމަށް ރާވާފައިވާ ޕްލޭން ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ހިއްސާކޮށްފިއެވެ.

PNC MID 2

ކުޅުދުއްފުށީ ސިޓީ ކައުންސިލްގައި ބޭއްވި ބައްދަލުވުމެއްގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޓާޝަރީ އެކްސްޕެންޝަން ޕްލޭން ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފަށް ޗީފް އެގްޒެކެޓިވް އޮފިސަރު އަލްފާޟިލާ ނާޒިމާ އަލީ ވަނީ ހަވާލުކޮށްދެއްވާފައެވެ.

މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ރަށުގެ ޞިއްޙީ ފަރުވާ އިތުރަށް ފުރިހަމަކުރުމުގައި ހުރިހާ އިދާރާތަކެއް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ.

މި ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރާއި ކައުންސިލްގެ މެންބަރުންނާއި ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރުގެ އިތުރުން ޓީމްގެ އިސް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC