
"އަގު އެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމުގެ" ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި
# ކުޅުދުއްފުށި ސިޓީ--
"އަގު އެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ" ތަމްރީން ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފި އެވެ.

މި ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައިވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓްރީ ގުޅިގެން ކުޅުދުއްފުށި ސިޓީގައިއެވެ.
މި ތަމްރީން ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ މި މަހުގެ ދެ ވަނަ ދުވަހުން މި މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށެވެ. މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދެވުނީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މާލީ އެހީތެރިވަމާއެކުގައެވެ.
މި ތަމްރީން ޕްރޮގްރާމްގައި 8 ފިރިހެން އަދި 6 އަންހެން ބައިވެރިންނާއެކު ޖުމްލަ 14 ބައިވެރިން ބައިވެރިވެ، ތަމްރީން ޕްރޮގްރާމް ވަނީ ފުރިހަމަކޮށްފައެވެ.
ގުޅުންހުރި

ރަށްރަށުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކައުންސިލްތަކުގެ އެޙީތެރިކަން މުހިންމު: ފަލާހު

މަސްތުވާތަކެއްޗާއިއެކު ކުޅުދުއްފުށިން މީހަކު ހައްޔަރަށް!

.gif&w=3840&q=75)



