
--
ކުޅުދުއްފުށީ ސިޓީގައި ޕަބްލިކް ލައިބްރައީއެއް ހުޅުވައިފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހުޅުވި މި ލައިބްރަރީއަކީ ވަރަށް ޒަމާނީ ލައިބްރަރީއެކެވެ. 2000 އަށްވުރެ ގިނަ ފޮތާއެކު މިމަހު 17 ވަނަ ދުވަހު ހުޅުވި މި ކުތުބުހާނާއަށް ފޮތް ގަތުމަށް ސިޓީ ކައުންސިލުން 63،000 އަށްވުރެގިނަ ރުފިޔާ ހަރަދުކުރިއެވެ.
މީގެ އިތުރުން ވިޔަފާރިތަކާއި ހައިކޮމިޝަންތަކާއި ބައެއް އިދާރާތަކާއި އަދި އާންމުވެސް މި ކުތުބުހާނާއަށް ފޮތް ހަދިޔާކުރިއެވެ.
ވަރަށް ގިނަ ހިދުމަތްތައް މި ލައިބްރަރީއިން ލިބިގެންދާއިރު މި ލައިބްރަރީގެ މެމްބަރަކަށްވުމަށްޓަކައި ކޮންމެ ފަރާތަކުންވެސް "ކުޅުދުއްފުށި ޕަބްލިކް ލައިބްރަރީގެ މެންބަރަކަށް ވުމަށް އެދޭ ފޯމު" އަދި ފޯމާއި އެކު ހުށަހަޅަންޖެހޭ ތަކެތި ހަމަކުރުމަށްފަހު ލައިބްރަރީއަށް ހުށައަޅަން ޖެހެއެވެ.
މެންބަރޝިޕް ހެއްދޭނީ މަދުވެގެން 3 މަހުގެ މުއްދަތަށެވެ. 18 އަހަރުން ދަށުގެ ކުދިންނަށް މެންބަރަކަށް ވުމަށް އެއްވެސް ފީ އެއް ނުނަގާނެ އެވެ.
މިލައިބްރަރީ ހުޅުވުމުގެ މިރަސްމިއްޔާތުގައި މޭޔަރު އާތިފް އާއި ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު އަދި ކައުންސިލް މެންބަރުންނާއި ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަހުމަދާއި ޕްރިންސިޕަލުންނާއި އަތޮޅު ކައުންސިލް މެންބަރުން އަދި މުއައްސަސާތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ގުޅުންހުރި

ކޭއާރުއެޗް ގެ ޓާޝަރީ އެކްސްޕެންޝަން ޕްލޭން ކުޅުދުއްފުށީ ސިޓީ ކައުނސިލާ ހިއްސާކޮށްފި

"އަގު އެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމުގެ" ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ކުޅުދުއްފުށި ސިޓީގައި ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާއެއް ހަދަނީ
