logoEN
cocacola
އަމިއްލަ ދަނޑުގައި އާސެނަލް އިން ޗެލްސީ ލަދުގަންނަވާލައިފި

އަމިއްލަ ދަނޑުގައި އާސެނަލް އިން ޗެލްސީ ލަދުގަންނަވާލައިފި

ހަސަން ޝަމްއޫން

logo

4/24/2024, 5:53:36 AM

# ބޭރު ދުނިޔޭގެ ކުޅިވަރު# އާސެނަލް# ޗެލްސީ# އިނގިރޭސި ޕްރިމިއާ ލީގު

އާސެނަލް ފޯވާޑް ކައި ހާވަޓްޒް ޗެލްސީ ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ

އިގިރޭސި ޕްރެމިއާ ލީގުގައި އަންގާރަދުވަހުގެ ރޭ ރަށުން ބޭރުގައި އާސެނަލް އާއި ދެކޮޅަށް ޗެލްސީ އިން ކުޅުނު މެޗު 5-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް އާސެނަލް އިން ލީގު ތާވަލުގެ ކުރީގައި ތިން ޕޮއިންޓަށް ލީޑު ފުޅާކޮށްފިއެވެ.

ގޮސިޔާ

މިދެޓީމު އެންމެ ފަހުން ކުޅުނު 6 މެޗުގެ ތެރެއިން 5 މެޗުން އާސެނަލް މޮޅުވެފައިވާއިރު އަނެއް މެޗު ނިމިފައި ވަނީ ދެޓީމު އެއްވަރުވެގެންނެވެ. އަދި އާސެނަލް އަތުން ޗެލްސީ އެންމެ ފަހުން މޮޅުވެފައި ވަނީ 2021 ވަނަ އަހަރު އެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މެޗުގެ ވަރަށް ކުރީކޮޅު އާސެނަލް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު ފުރަތަމަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބެލްޖިއަމް ފޯވާޑް ލިއަންޑުރޯ ޓްރޮސާޑް އެވެ.

މިއީ އެޓީމުގެ އިގިރޭސި މިޑްފީލްޑަރު ޑެކްލަން ރައިސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި އާސެނަލްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ މިހާފުގައި ދެޓީމުން ވަނީ އިތުރު ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން މިހާފުގައި އެޓީމުގެ ޖަރުމަނު ފޯވާޑް ކައި ހާވަޓްޒް އަދި އިގިރޭސި ޑިފެންޑަރު ބެން ވައިޓް މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 5-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 34 މެޗުން އާސެނަލް އަށް 77 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ޗެލްސީ އިން ލީގުގައި ކުޅުނު 32 މެޗުން ލިބުނު 47 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 9 ވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ