logoEN
cocacola
ހަވާއަރުވާނީ 21:30 ގައި, 5 މިނެޓަށް ދެމިގެންދާނެ!

ހަވާއަރުވާނީ 21:30 ގައި, 5 މިނެޓަށް ދެމިގެންދާނެ!

އަހުމަދު ޝުރާއު

logo

4/22/2024, 2:29:02 PM

# އެމްއެންޑީއެފް

ހަވާއެރުވުން

މިރޭ މާލޭގައި ހަވާއެރުވުމަށް ހަމަޖެހިފައިވަނީ 21:30 ގައި ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ގޮސިޔާ

އެމްއެންޑީއެފުން ބުނީ އާޓިފިޝަލް ބީޗު ސަރަޙައްދުގައި މިރޭގެ 21:30 ހާއިރު ހަވާ އެރުވުމަށް ނިންމާފައިވާ ކަމަށާއި 5 މިނެޓެއްހާއިރަށް ކުރިއަށްގެންދާ މި ހަރަކާތަކީ ސިފްކޯއިން ވިޔަފާރި އުސޫލުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.

މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ވެރިކަން ކުރާ ޕްރޮގްރެސިވް ކޯލިޝަނަށް އިއްޔެ ކުރިޔަށް ދިޔަ މަޖިލިސް އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރުމަށެވެ.

ޕީއެންސީން ބުނީ "ދިވެހީންގެ ރާއްޖެ މަޖިލީހަށް - މަރުހަބާ"ގެ ނަމުގައި ދިވެހިންނަށް މަރުހަބާ އާއި ޝުކުރު އަދާކުރުމަށް އެ ކޯލިޝަނުން މިރޭ ހާއްސަ ޖަލްސާއެއް ބާއްވާނެ ކަމަށެވެ. އެ ޖަލްސާ ބާއްވާނީ މިރޭ 8:30 ގައި އާޓިފިޝަލް ބީޗުގައި ކަމަށް އެ ޕާޓީން ބުންޏެވެ. މި އިވެންޓަށް ފަހު އެ ސަރަހައްދުގައި ހަވާއެރުވުން އޮންނާނެ ކަމަށްވެސް އެޕާޓީން ވަނީ ބުނެފައެވެ.

އިއްޔެ ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބުކޮށް ޕީއެންސީން ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ޔަގީންކޮށްފައެވެ. ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި ޕީއެންއަށް 70 އަށް ގިނަ ގޮނޑި ވަނީ ލިބިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ