logoEN
cocacola
ތުރުކީގެ ނޭވީ ޝިޕް "ޓީސީޖީ ކިނާލިއާޑާ" ރާއްޖެއަށް ޒިޔާރަތްކޮށްފި

ތުރުކީގެ ނޭވީ ޝިޕް "ޓީސީޖީ ކިނާލިއާޑާ" ރާއްޖެއަށް ޒިޔާރަތްކޮށްފި

އަލްފާ އަލީ

logo

4/30/2024, 5:02:29 PM

# އެމްއެންޑީއެފް

--

ތުރުކީގެ ކަނޑުގެ ސިފައިންގެ މަނަވަރު "ޓީސީޖީ ކިނާލިއާޑާ" ދިވެހިރާއްޖެއަށް މިއަދު ޒިޔާރަތްކޮށްފިއެވެ.

ގޮސިޔާ

"ޓީސީޖީ ކިނާލިއާޑާ"، ދިވެހިރާއްޖެއަށް ކުރާ މި ޒިޔާރަތަކީ، ތުރުކީއާއި ޖަޕާނުގެ ޑިޕްލޮމެޓިކް ގުޅުމަށް 100 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ތުރުކީން ފުރައިގެން ޖަޕާނަށް އެ ޝިޕް ކުރަމުންދާ ދަތުރުގައި ބަނދަރުކުރުމަށް ހަމަޖެހިފައިވާ 20 ޤައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިފައިވާތީ ކުރި އިޙްތިރާމްގެ ޒިޔާރަތެކެވެ.

މި ޝިޕް މާލޭގައި މިއަދު ބަނދަރުކުރުމުން، އެމްއެންޑީއެފްގެ ފަރާތުން އެ ޝިޕްގެ އޮފިސަރުންނާއި ސެއިލަރުންނަށް ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

"ޓީސީޖީ ކިނާލިއާޑާ" ރާއްޖެއަށް ކުރާ ޒިޔާރަތުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުމާއި އަސްކަރީ ގުޅުން އިތުރަށް ބަދަހިވެންދާނެއެވެ. އެގޮތުން ތުރުކީގެ ޑިފެންސް އެޓާޗޭއާއި އެ ޝިޕްގެ އިސް އޮފިސަރުންގެ ވަފުދުން ދިފާޢީ ވަޒީރުގެ އަރިހަށާއި، ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ. އަދި މިޝިޕްގެ ސިފައިންނާ އެމްއެންޑީއެފްގެ އެކި ރޭންކްތަކުގެ ސިފައިންނާއެކު އިންޓަރެކްޓިވް ސެޝަންތައް ކުރިއަށްގެންދާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

"ޓީސީޖީ ކިނާލިއާޑާ"، އޭޕްރީލް 8 ވަނަ ދުވަހު ތުރުކީން ފުރައިގެން ޖަޕާނަށް ކުރަމުންދާ 134 ދުވަހުގެ މި ދަތުރުގައި، 20 ޤައުމެއްގެ 24 ބަނދަރަށް ޒިޔާރަތް ކުރާނެއެވެ. އެގޮތުން، މި ދަތުރުގައި ޝިޕް ޒިޔާރަތްކުރާ ޤައުމުތަކުގެ ތެރޭގައި ޖަޕާން، ސައުދީ އަރަބިއްޔާ، ޖިބޫތީ، ސޯމާލިއާ، ދިވެހިރާއްޖެ، ބަންގްލަދޭޝް، މެލޭޝިއާ، އިންޑޮނޭޝިއާ، ތައިލެންޑް، ޗައިނާ، ދެކުނު ކޮރެއާ، ފިލިޕީންސް، ސިންގަޕޫރު، ސްރީލަންކާ، އިންޑިއާ، އޮމާން، ގަތަރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޕާކިސްތާން، އަދި ޖޯޑަން ހިމެނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ