logoEN
cocacola
ދިފާއީ ވަޒީރު  އެމްއެންޑީއެފް ތިލަފުށި ޕޯސްޓަށް ޒިޔާރަތް ކުރައްވައިފި

ދިފާއީ ވަޒީރު އެމްއެންޑީއެފް ތިލަފުށި ޕޯސްޓަށް ޒިޔާރަތް ކުރައްވައިފި

އަހުމަދު ޝުރާއު

logo

4/28/2024, 6:27:18 PM

# އެމްއެންޑީއެފް

ވަޒީރު ތިލަފުށީގައި

ދިފާޢީ ވަޒީރު އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫން، ތިލަފުށްޓަށް ވަޑައިގެން ކޯސްޓްގާޑް ޝިޕް ޣާޒީގެ ރީފިޓްގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވާ، އެމްއެންޑީއެފް ތިލަފުށި ޕޯސްޓަށް ޒިޔާރަތް ކުރައްވައިފިއެެވެ.

ގޮސިޔާ

މި ޒިޔާރަތުގައި، ދިފާޢީ ވަޒީރު ވަނީ އެމްއެންޑީއެފް ތިލަފުށީ ޕޯސްޓަށް ވަޑައިގެން ތިލަފުށި ފަޔަރ ސްޓޭޝަނަށް ވަޑައިގެން އެތަނުގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ.

އަދި ތިލަފުށީގައި މިހާރު މަރާމާތުކުރެވެމުންދާ ކޯސްޓްގާޑް ޝިޕް ޣާޒީގެ ރީފިޓްގެ މަސައްކަތްތައް ދިފާޢީ ވަޒީރު ބައްލަވާލައްވާ މަޢުލޫމާތު އޮޅުއްފިލުއްވާލައްވާފައިވެއެވެ.

View post on Twitter

މި ޒިޔާރަތުގައި، ދިފާޢީ ވަޒީރުގެ އަރިހުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ ޒުހުރީއާއި،މާލޭ އޭރިއާ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ރަޝީދާއި، ކޯސްޓްގާޑުގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމުގެ އިތުރުން ސިފައިންގެ ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ