logoEN
cocacola
ހުރިހާ މަރުކަޒެއްގައި ވޯޓުލުން ފެށިއްޖެ - އީސީ

ހުރިހާ މަރުކަޒެއްގައި ވޯޓުލުން ފެށިއްޖެ - އީސީ

އަހުމަދު ޝުރާއު

logo

4/21/2024, 5:03:48 AM

# އީސީ# މަޖިލިސް24

މަޖިލިސް އިންތިހާބު ފެށިގެން ކުރިޔަށް - ގާފު ފޮޓޯ : ޝުރާއު

މިއަދު ރާއްޖޭގައި ކުރިޔަށްދާ މަޖިލިސް އިންތިހާބުގެ ވޯޓުލުން ހުރިހާ ވޯޓުފޮއްޓެއްގައި ފެށިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ގޮސިޔާ

އީސީގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ގާއިމުކޮށްފައިވާ ހުރިހާ ވޯޓުލާ މަރުކަޒެއްގެ ވޯޓުނެގުން ވަނީ ފެށިފައިވާ ކަމަށެވެ.

މިފަހަރުގެ އިންތިޚާބުގައި 602 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. މި އިންތިޚާބުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށާކާއި، 34 ރިސޯޓް، ޖަލުތަކާއި ސިނާޢީ ރަށްތަށް އަދި ރާއްޖެއިން ބޭރުގައި 3 ޤައުމެއްގައި ވޮޓު ފޮށި ވަނީ ބަހައްޓާފައެވެ.

View post on Twitter

މަޖިލިސް އިންތިޚާބުގައި 93 ދާއިރާއަކަށް ޖުމްލަ 284،663 މީހަކަށް ވޯޓުލުމުގެ ޙައްގު ލިބެއެވެ. މީގެ ތެރޭގައި ހިމެނެނީ 145،302 ފިރިހެނުންނާއި 139،361 އަންހެނުންނެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވޯޓުލުން ފަށާފައިވަނީ 08:00 ގައެވެ. ވޯޓުލުން ހަވީރު 17:30 އާއި ހަމައަށް ކުރިއަށް ގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. އަދި ވަގުތު އިތުރު ނުކުރާނެކަންވެސް އިލެކްޝަންސްއިން ވަނީ ބުނެފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ