މާދަމާގެ ވޯޓުގެ ޑިމޮކްރަސީގެ ހަމަތައް ނެގެހެއްޓުމަށާއި މިރާއްޖޭގެ ކުރިމަގަށް ދޭ ވޯޓެއް - ސޯލިހް
އަހުމަދު ޝުރާއު
4/20/2024, 6:17:03 PM
ރައީސް ސޯލިހް
މާދަމާގެ ވޯޓުގެ ޑިމޮކްރަސީގެ ހަމަތައް ނެގެހެއްޓުމަށާއި މިރާއްޖޭގެ ކުރިމަގަށް ދޭ ވޯޓެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމްޑީޕީގެ ސްޕެޝަލް އެޑްވައިޒަރުކަންވެސް ކުރައްވާ ސޯލިހް ވިދާޅުވީ މާދަމާ އޮންނަ 20ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވީހާވެސް ގިނަ ބޭފުޅުން ހެނދުނު ހެނދުނާ ނުކުމެވަޑައިގެން, ކަސިޔާރުވެފައިވާ މިޤައުމުގެ މިސްރާބު ހަމަމަގަށް އެޅުވުމަށް އެމްޑީޕީގެ ކެނޑިޑޭޓުންނަށް ވޯޓު ދެއްވުމަށެވެ.
އެގޮތުން މާދަމާގެ ވޯޓަކީ އަޅުގަނޑުމެން އެންމެންކުރި ބުރަ މަސައްކަތުން ހޯދި ޑިމޮކްރަސީގެ ހަމަތައް ނެގެހެއްޓުމަށާއި މިރާއްޖޭގެ ކުރިމަގަށް ދޭ ވޯޓެއް ކަމަށް ސޯލިހް ވިދާޅުވިއެވެ.
މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަށް މެންބަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާއިރު އެމްޑީޕީން ވަނީ 89 ދާއިރާއަށް ވާދަކުރުމަށް ނިންމާފަ އެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 600 އަށް ވުރެ ގިނަ ވޯޓު ފޮށި ބަހައްޓާނެ ކަމަށް އީސީން ބުނެއެވެ.
މި އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރެއެވެ. އިންތިބުގައި ވޯޓްލުމުގެ ހައްގު 284،663 މީހަކަށް ލިބިގެންވެއެވެ.