logoEN
cocacola
އަސްކަރީ ޑްރޯންގެ އެހީގައި ގެއްލުނު ދޯނި ހޯދައިފި

އަސްކަރީ ޑްރޯންގެ އެހީގައި ގެއްލުނު ދޯނި ހޯދައިފި

އަލްފާ އަލީ

logo

4/20/2024, 6:00:37 PM

# އެމްއެންޑީއެފް

--

ގެއްލިގެން ހޯދަމުން ދިޔަ މ. މަޑުއްވަރީ "ފަރިހި 2" ދޯނި، އެމްއެންޑީއެފްގެ ޔޫއޭވީ ޑްރޯނާއި، ކޯސްޓްގާޑުގެ އުޅަނދުފަހަރު ބޭނުންކޮށްގެން ހޯދައިފި އެވެ.

ގޮސިޔާ

މި ދޯނި ގެއްލިގެން އެމްއެންޑީއެފް އަށް ރިޕޯޓްކޮށްފައިވަނީ ރޭ 22:06 ހާއިރުއެވެ. މި ދޯންޏަކީ 3 މީހުންނާއެކު މަހަށް ނިކުތް ދޯންޏެއްކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މި ދޯނި ފެނިފައިވަނީ މ. ރަތްމަންދޫގެ 23 ނޯޓިކަލް މޭލު ބޭރުންކަމަށެވެ. އަދި، ދޯނި ފެނުނުއިރު ދޯނީގެ އިންޖީނު ހުއްޓިފަައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

މި އޮޕަރޭޝަންގައި އެމްއެންޑީއެފް އެއަރކޯ ގެ ޑްރޯންތައް ވަނީ ބޭނުންކޮށްފައެވެ. އެމްއެންޑީއެފުން ވަނީ ޑްރޯން މެދުވެރިކޮށް މި ދޯނި ހޯދަން ކުރި މަސައްކަތް ފެންނަ ފޮޓޯތައް އާއްމުކޮށްފައެވެ. މިއީ މި ޑްރޯންތައް ބޭނުންކޮށްގެން ރާއްޖޭގައި ހިންގާ ފުރަތަމަ ރަސްމީ އޮޕަރޭޝަން ކަމަށް މައުލޫމާތު ލިބެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ